މި މީހުން ހަށިގަނޑަށް ގެނެސްފައިވާ ބަދަލުތައް ފެނިއްޖެ ނަމަ އާޝޯހުވާނެ

މިއީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ މީހުންތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. "ޖިނިއަސް ވޯލްޑް ރެކޯޑް" އިން ހިއްސާކޮށްފައިވާ މި ވީޑިއޯގައ...

31 Jan 2021 | 05:42

މިއީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ މީހުންތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

"ޖިނިއަސް ވޯލްޑް ރެކޯޑް" އިން ހިއްސާކޮށްފައިވާ މި ވީޑިއޯގައި ފެނިގެންދަނީ ޤުދުރަތުން ދެއްވާފައިވާ ހަށިގަނޑަށް ތަފާތު ބަދަލުތަކެއް ގެނެސްފައިވާ ބައެކެވެ.

އެގޮތުން އެކަކަކީ އޭނާގެ ކަންފަތް ބޭނުންކޮށްގެން އެންމެ ބަރު އެތި އުފުލާފައިވާ މީހާއެވެ. އޭނާ ވަނީ އޭނާގެ 2 ކަންފަތް އެކަނި ބޭނުންކޮށްގެން 16 ކިލޯ އުފުލާ އެ ހިފައިގެން އެނބުރިފައެވެ.

އޭގެ ތެރެއިން އަނެކަކީ އެންމެ ގިނައިން ޓެޓޫ ޖަހާފައިވާ މީހެކެވެ. ދެން ވެސް ހަމަ އެހާ އަޖާއިބު ކުރަނިވި ކަމެކެވެ. ނޭފަތުން ލައްވައިގެން އަނގައިން ދަނގަޑު ގަނޑެއް ނެރޭ މީހެކެވެ. ދެން ވެސް ފެނިގެންދަނީ ހަމަ މިފަދަ މީހެކެވެ. 4 ފޫޓަށް ނިޔަފަތި ދިގުކޮށްފައިވާ ޔޫ.އެސް.އޭ އަށް. ނިސްބަތްވާ މީހެކެވެ.

ވީޑިއޯއިން ދެން ފެނިގެންދަނީ މޫނުމަތީގައި ހުންނަ މަސްތަކުން އެންމެ ގިނައިން ބާގަނޑު ހަދާފައިވާ މީހާއެވެ. އެގޮތުން މީހާގެ ކޮލުގައި ހުންނަނީ ބާގަނޑު ހަދާފައެވެ. އަދި އަނގާ ތެރޭގައިވާ ދޫ މިބުނާ ބާގަނޑުން ނެރޭތަންވެސް ދައްކައެވެ.

ދެން ފެނިގެން ދަނީ ހަށިގަނޑަށް އެންމެ ގިނައިން ޕިން ނުވަތަ ތިނޯސް ފަދަ ތޫނު ތަކެތި ހަރާފައިވާ މީހެކެވެ. ޗައިނާގެ މި މީހާ ވަނީ 2000 އަށްވުރެން ގިނަ ތިނޯސް އޭނާގެ މޫނަށާއި އަދި ބޮލަށް ހަރާފައެވެ.

https://youtu.be/u13WrWCS3eo

އެއަށްފަހު ފެންނަނީ ކޮމިކް ބުކްގެ ކެރެކްޓާސްތައް ގައިގައި ޓެޓޫއެއްގެ ސިފާގައި ޖަހައިގެން އުޅޭ ކެނެޑާގެ މީހެކެވެ.

މިގޮތަށް ހަށިގަނޑަށް ތަފާތު ބަދަލުތައް ގެނެސްފައިވާ މީހުންތައް މި ވީޑިއޯއިން އަދިވެސް އިތުރަށް ފެނިގެން ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް