ކެއުމުގެ ދޮޅުގަޑިއިރު ކުރިން 500 އެމްއެލް ފެން ބުއިމުން ބަރުދަން ލުއި ކުރުމަށް އެހިވެދޭ: ދިރާސާ

ކޮންމެ ދުވަހެއްގެވެސް އެންމެ މުހިންމު ތިން ގަޑީގައި ކެއުމުގެ ދޮޅުގަޑިއިރު ކުރިން 500 އެމްއެލް ފެން ބުއިމުން ބަރުދަން ލުއި ކުރުމަށް އެހިވެދޭ ކަމަށެވެ. ޔުނިވާސިޓީ އޮފް ބާމިންގްހަމް އިން ކުރި މި ދިރާސާގަ...

31 Jan 2021 | 04:49

ކޮންމެ ދުވަހެއްގެވެސް އެންމެ މުހިންމު ތިން ގަޑީގައި ކެއުމުގެ ދޮޅުގަޑިއިރު ކުރިން 500 އެމްއެލް ފެން ބުއިމުން ބަރުދަން ލުއި ކުރުމަށް އެހިވެދޭ ކަމަށެވެ.

ޔުނިވާސިޓީ އޮފް ބާމިންގްހަމް އިން ކުރި މި ދިރާސާގައި ބައިވެރިވެފައިވާ ފަލަކޮށް ތިބި މީހުންވަނީ 12 ހަފްތާވަންދެން މޮނީޓާކޮށްފަ އެވެ. އަދި ކޮންމެ ބައިވެރިއެއް ވެސް ވަނީ ބަރުދަން ލުއި ކުރާނެ ގޮތާއި މެދު ލަފާދީ، ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަންކުރާނެ ގޮތްވެސް ކިޔާދީފަ އެވެ.އަދި ޑައިޓް ކުރާނެ ގޮތާއި ޖުމްލަ 84 މީހުން ބައިވެރިވި މި ސާވޭގައި ބައިވެރިވެފައިވާއިރު، މީގެތެރެއިން 41 މީހުން ވަނީ ކޮންމެ ގަޑިއެއްގައިވެސް ކެއުމުގެ ކުރިން 500 އެމްއެލް ފެން ބޮއެފަ އެވެ. އަދި ބާކީތިބި 43 ބައިވެރިން ކުރެން ވަނީ ކެއުމުގެ ކުރިން އެމީހުންގެ ބަނޑު ފުރިފައި ތިބިކަމަށް ހީކޮށްލުމަށް ބުނެފަ އެވެ.

އެގޮތުން ދޮޅު ގަޑިއިރު ކުރިން ފެން ބޮއެގެން މި ރިސާޗްގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ ބައިވެރިއެއްގެވެސް ވަނީ އެވްރެޖްކޮށް 1.3 ކިލޯ ލުއިވެފަ އެވެ. މިއީ ކޮންޓްރޯލްޑް ގްރޫޕްގައި ތިބި މީހުންނަށް ވުރެން ބޮޑު އަދަދެކެވެ. އަދި ކއުމުގެ ކުރިން ފެންބުއި ގްރޫޕްގައި ހިމެނޭ ހުރިހާ ބައިވެރިންގެވެސް ވަނީ 12 ހަފްތާގެ ތެރޭގައި 4.3 ކިލޯ ލުއިވެފައިވާއިރު ތިންއިރު ހަމައެކަނި ކައިގެން މި ރިސާޗްގައި ބައިވެރިވި މީހުންގެ ބަރުދަމުން ބާރަ ހަފްތާގެ ތެރޭގައި ލުއިވެފައިވަނީ އެންމެ 0.8 ކިލޯ އެވެ.

ބާމިންގްހަމް ޔުނިޗާސިޓީގެ ލެކްޗަރާ ހެލެން ޕެރިޓީ ވިދާޅުވެފައިވާ ގޮތުގައި މިރިސާޗުން ވަނީ ހިކެން އެކްސަސައިޒްކޮށް އަދި ހެލްތީ ޑައިޓެއް ނަގަމުން އަންނަ ފަރާތްތަކަށް ވަރަށް ފަސޭހައިން އަދި ދުޅަހެޔޮކޮށް ބަރުދަން ލުއިކުރާނެ ގޮތެއް މިވަނީ އެނގިގެން ގޮސްފަ އެވެ.

މި ދިރާސާގައި ބުނާ ގޮތުން މިއީ ބިޒީ ޝެޑިއުލްތަކުގައި މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށް ގިނަ ވަގުތުތަކެއް ނުނަގާ ފަސޭހައިން ކޮށްލެވޭނެ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް