ބިލެއްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް އިއްޔެ ފަށާފައި ވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސ...

31 Jan 2021 | 04:02

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް އިއްޔެ ފަށާފައި ވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 18 ޖެނުއަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ވެއެވެ.

މިއީ މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

އެމްޓީސީސީން މިލެއްފަހީގައި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ފިނޭންސް މިނިސްޓްރީން އެއާޕޯޓް އަޅަން އިއުލާނުކުރި ހަތަރު ރަށުގެ ތެރޭގައި ވެސް ށ. ބިލެއްފަހި ހިމެނެއެވެ.

މިގޮތުން މިމަހުގެ 29 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ބިލެއްފަހީގައި އެއާޕޯޓް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައެވެ. މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް މިއަދުން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް