އިންޑޮނޭޝިޔާގައި ލިވާތު ކުރި ދެ ފިރިހެނަކަށް ހައްދު ޖަހައިފި

އިންޑޮނޭޝިޔާގެ އަޗޭ ޕްރޮވިންސުގައި ލިވާތު ކުރި ދެ ފިރިހެނަކަށް ހައްދު ޖަހައިފިއެވެ. އަޗޭ ޕްރޮވިންސްގައި އިއްޔެ ކުރިއަށްދިޔަ ހައްދު ޖެހުމުގެ ޝަރީއަތެއްގައި ޖުމްލަ ހަ މީހެއްގެ ގައިގާ ހައްދު ޖަހާފައިވެއެ...

31 Jan 2021 | 01:10

އިންޑޮނޭޝިޔާގެ އަޗޭ ޕްރޮވިންސުގައި ލިވާތު ކުރި ދެ ފިރިހެނަކަށް ހައްދު ޖަހައިފިއެވެ.

އަޗޭ ޕްރޮވިންސްގައި އިއްޔެ ކުރިއަށްދިޔަ ހައްދު ޖެހުމުގެ ޝަރީއަތެއްގައި ޖުމްލަ ހަ މީހެއްގެ ގައިގާ ހައްދު ޖަހާފައިވެއެވެ. އެއީ ރާ ބުއި ދެ މީހަކަށާއި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހުރިން ދެމީހެއްގެ އިތުރުން ލިވާތު ކުޅި ކުޅުނު ދެމީހެއްގެ ގައިގައެވެ.

އޭގެތެރެއިން އެންމެ ގިނައިން ހައްދު ޖަހާފައިވަނީ ލިވާތު ކުރި ދެމީހުންގެ ގައިގައެވެ. އެ ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގާ 77 އެތިފަހަރު ޖަހާފައިވާއިރު ރާ ބުއި ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގާ 40 އެތިފަހަރު އަދި ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގި ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގާ 17 އެތިފަހަރު ޖަހާފައިވެއެވެ.

https://www.youtube.com/watch?v=dqLK7VTMYlw

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް