މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އާ އަހަރު ފާހަގަ ކުރުމަށް ހަވާ ނާރުވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ހަވާ އަރުވާނީ 43 ރިސޯޓުގައި އެކަނި ކަމަށެވެ.
"އާ އަހަރުގަ މާލޭ ސިޓީ ގައި އަދި މީހުން ދިރުއުޅޭ އެއްވެސް ރަށެއްގައި ހަވާ އެރުވުމެއް ނެތް. ހަވާ އަރުވާނީ43 ރިސޯޓުގައި އެކަނި" އެމްއެންޑީއެފް ގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އާ އަހަރު ފާހަގަކުރުމަށް 43 ރިސޯޓެއްގައި ހަވާ އެރުވުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ވިޔަފާރި އުސޫލުން ކަމަށެވެ.
"ހަވާ އެރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެންޑީއެފުން. އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރުވަނީ ވެފަ." އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް