ފުރަމާލޭގައި ކާބޯތަކެތި ވިއްކާ ތަންތަން މި ހުންނަނީ ވަރަށް ގާތްގާތުގަ އެވެ. ޚާއްސަކޮށް އެއްބާވަތެއްގެ ކާބޯތަކެތި ވިއްކާ ގިނަ ތަންތަން ހުންނަނީ ވަރަށް ވެސް ގާތުގައެވެ.
ފިހާރައިގެ އިތުރުން ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓުތައްވެސް ހަމަ މިފަދައިން ނެވެ.
އެހެންނަމަވެސް، އެމީހަކު ކާން ބޭނުންވާ ވަކި އެއްޗެއް ކެއުމަށް ކޮންމެ މީހަކުވެސް ނުވަތަ ބަޔަކުވެސް ވާނީ އެމީހުންގެ "ފެވަރިޓް" ތަންތަން ޚިޔާރު ކޮށްފަ އެވެ.
އެގޮތުން "ޝަވަރުމާ" އޭ ބުނެފި ނަމަ، ވަރަށް ގިނަ މީހުންނަށް އެއީ ކޮން ތަނެއް ކަމާއި އެތަނުން ތައްޔާރުކުރާ ކާތަކެތީގެ އިތުރު ތަފްސީލެއް ދޭކަށް ނުޖެހޭނެ އެވެ. ޚާއްސަކޮށް "ޝަވަރުމާ" ގެ އެންމެ މީރު ރަހަ ބަލައިލެވޭނީ ހަމަ "ޝަވަރުމާ" އިން ނެވެ.
އެކަމަކު މިހާރުދައްކަން މިއުޅެނީ ޝަވަރުމާގެ ވާހަކައެއް ނޫނެވެ. ޝަވަރުމާ ކެފޭ އިން ހުޅުވާލާ ޚާއްސަ ޕްރޮމޯޝަނެއްގެ ވާހަކަ އެވެ.
"މިއަހަރުގެ އެންމެ ފަހު ދުވަހުގެ މެންދުރު 12 އިން ރޭގަނޑު 11:30 އަށް މި ޕްރޮމޯޝަން ކުރިއަށްދާނީ. މީގަ 10، 25 އަދި 50 ޕަސެންޓަށް ޑިސްކައުންޓު ލިބޭނެ. އަދި ހަމަ ފަހަރެއްގަ މީލް އެއްކޮށް ފްރީވެސް ވެދާނެ" ޝަވަރުމާގެ ފަރާތުން ދުވަސްއެމްވީ އަށް މަޢުލޫމާތު ދެއްވި އެވެ.
ޝަވަރުމާގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު ވެގެން މިދިޔައީ ވަރަށް ވެސް ހިތާމަވެރި އަހަރަކަށް ކަމަށާއި އެހެންވެ، ކަސްޓަމަރުންނަށް ދޭން ނިންމި މި ހަދިޔާގައި އެއްވެސް މީހަކު ބާކީ ނުވާނެ ކަމަށެވެ.
އެގޮތުން ޝަވަރުމާ އިން ކައިގެން ދާ ކޮންމެ މީހަކަށް ވެސް ހަދިޔާއެއް ލިބޭނެ ކަމަށާއި ހުސްއަތާ އެކަކުވެސް ދާން ނުޖެހޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
" އަޅުގަނޑުމެން މިތާ މި ބަހައްޓަނީ ނަސީބު ވަޒަން ކުރުމަށް ޖާ އެއް ކަހަލަ އެއްޗެއް. އޭގަ ހުންނަ ކަރުދާސްތަކުގައި ލިޔެފަ ހުންނާނެ އެމީހެއްގެ ނަސީބު. ބައެއް ފަހަރު އިތުރަށް ޓްރައި ކޮށްލަން ވެސް ލިބިދާނެ. އެކަމަކު އޭގެ މާނައަކީ އޭނަ ބާކީ ވީއެއް ނޫން. ދެވަނަ ފަހަރަށް ވެސް އޭނައަށް ފުރުސަތު ލިބޭނެ އިތުރަށް ނަސީބު ވަޒަން ކޮށްލަން" އޭނާ ވިދާޅުވި އެވެ.
އެހެންކަމުން ނަސީބަކީ ކޮބައިކަން ބަލައިލަން މާދަމާ މެންދުރު 12 އިން ފެށިގެން ރޭގަނޑު 11:30 އާ ދެމެދު ވަޑައިގަތުން ކިހިނެއްވާނެތޯ އެވެ!؟
ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫން އެހެން ނޫންތޯ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް