ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ދެމެދު ސޯޝަލް މީޑިއާގައި ބަހުގެ ބޮޑު ހަނގުރާމައެއް ފެށިއްޖެއެވެ.
ބަހުގެ ހަމަލާތައް ފެށުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަސާރާ ދީނުގެ އީދު ކަމަށްވާ "ކްރިސް މަސް ޑޭ" ގެ ތަހުނިޔާ އެ ދުވަސް ފާހަގަ ކުރާ ފަރާތްތަކަށް ޓުވިޓާ މެދުވެރިކޮށް ވިދާޅުވުމުންނެވެ. ނަޝީދުގެ އެޓުވީޓަށް އެންމެ ފުރަތަމަ ރައްދު ދިން ބޭފުޅުންގެ ތެރޭގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ހިމެނެ އެވެ.
އިޔާޒު ނަޝީދަށް ރައްދުދެއްވައި ކުރެއްވި ޓުވީޓުުގައި ވިދާޅުވީ ނަޝީދަކީ މީގެކުރިންވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެކަމަށްބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫހަޖާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ނަޝީދު އިދިކޮޅު ދީނެއްގެ އަގީދާ ގަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުންކަމުގައި ކަމަށް ޑރ. އިޔާޒު ވިދާޅުވި އެވެ.
އިޔާޒުގެ މި ޓުވީޓާއި ގުޅިގެން ސޯޝަލް މީޑިއާގައި އެމްޑީޕީގެ މަޖިލީސް މެމްބަރުންނާއި ސަޕޯޓަރުން ހުޅުފަޅައިގެން ދިޔައީ އެވެ. މި ޓުވީޓާއި ގުޅިގެން ނަޝީދުގެ ދިފާއު ވާހަކަދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ބަވަނަވެފައިވާ ދެނިޔޭގެ އެކި ގައުމުތަކުގައި އެކި ދީންތަކުގެ މީހުން އުޅެމުންދާއިރުގައާއި ސުލްހައިގެ އަހުދު މަތީގައި ދިވެހިން ތިބިއިރު، އެހެން ދީންތަކުގެ މީހުންނަށް އެމީހުންގެ އެކިއެކި މުނާސަބަތުގައި ތަހުނިޔާ ކިޔުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.
https://twitter.com/aslamdp/status/1342825507046346752
ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖެ ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިންނަކީ އިސްލާމީ ރިވެތި ސީދާ އުޅުމެއް އުޅެމުން އައިބައެއްކަމުން އެހެން ދީންތަކުގެ މީހުންނަށް ވެސް އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ.
ޝިފާޒުގެ މި ޓުވީޓާއި އެކު އިތުރު ކޯޅުމެއް އިލްމުވެރިންނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި މެދު ވަނީ އުފެދިފައި އެވެ. މިހާރު ބަހުގެ ހަމަލާ ބަދަލު ކުރެވެމުން ދަނީ އެހެން ދީންތަކަށް އިހްތިރާމް ކުރުމާއި ގުޅޭގޮތުންނެވެ.
ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ ދީނީ ހަރުކަށިކަމާއި ދެކޮޅުކަމަށް ބުނެ އެހެން ދީންތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެ އަޑުފެތުރުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. ޝެއިހް އިލްޔާސް ވިދާޅުވީ އެހެން ދީންތަކަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެ މުޒާހަރާ ކުރަން ރާވަމުން ދިޔަ ނަމަވެސް މިފަދަ ނުބައި ރޭވުންތަކުގައި ރައްޔިތުން ބައިވެރި ނުވާނެ ކަމަށެވެ.
https://twitter.com/shkilyas/status/1343878665369575431
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް