ކެމިސްޓްރީ ޕްލަސް އިން 50 ޕަސެންޓާއި އާއި ހަމައަށް ޑިސްކައުންޓް!

ރާއްޖެއަށް ކޮސްމެޓިކްސް ބްރޭންޑްތައް ގެނެސް ތަޢާރަފްކޮށް، އަދި ކޮސްމެޓިކްސްގެ އާ ވައްތަރުތައް ރާއްޖެއަށް މާކެޓްކުރުމަށް މަޝްހޫރު "ކެމިސްޓްރީ ޕްލަސް" އިން އާ އަހަރާއި ދިމާކޮށް 50 ޕަސެންޓާއި ހަމައަށް ޑި...

30 Dec 2020 | 07:33

ރާއްޖެއަށް ކޮސްމެޓިކްސް ބްރޭންޑްތައް ގެނެސް ތަޢާރަފްކޮށް، އަދި ކޮސްމެޓިކްސްގެ އާ ވައްތަރުތައް ރާއްޖެއަށް މާކެޓްކުރުމަށް މަޝްހޫރު "ކެމިސްޓްރީ ޕްލަސް" އިން އާ އަހަރާއި ދިމާކޮށް 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓްލިބޭ ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މާލޭގައި މިވަގުތު ހުރި އެންމެ ބޮޑެތި ކޮސްމެޓިކްސް ފިހާރަތަކުގެ ތެރެއިން "ކެމިސްޓްރީ ޕްލަސް" އަކީ އަންހެން ވެރިންނާއި އަދި ފިރިހެން ވެރީންނަށް އެއްތަނަކުން ހުރިހާ ބާވަތެއްް އެންމެ އަގުހެޔޮކޮށް ލިބޭނޭ އެއްފިހާރައެވެ. މ. ކެނެރީމަގުގައި ހުންނަ މި ފިހާރައަކީ މިހާރު ރާއްޖޭގެ ކޮސްމެޓިކްސް މާކެޓްގައި  ވާދަކޮށްލެވޭ ވަރުގެ ބޮޑު އަދި އެހާމެ މުދާ ގިނަ ރީތި ފިހާރައެކެވެ.

ފިހާރައިގެ ފަރާތުން މަޢުލޫމާތު ދިން ގޮތުގައި 30 ޑިސެމްބަރު 2020 އިން 02 ޖެނުއަރީ 2021 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނަކީ އެންމެ އޮރިޖިނަލް ކޮސްމެޓިކް އިން ފެށިގެން އާދައިގެ ކޮސްމެޓިކާ ހަމައަށް ކަނޑައެޅޭ ވަކި ބާވަތްތަކުން ޑިސްކައުންޓް ކަނޑައަޅާފައިވާ ޕްރޮމޯޝަނެކެވެ. މީގެ ތެރޭގައި އޮރިޖިނަލް ސެންޓާ އަދި މޭކަޕްގެ ބާވަތްތަކުގެ އިތުރުން ޓޮއިލެޓްރީސްގެ ބައެއް އައިޓަމްތަކުންވެސް 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

"ކެމިސްޓްރީ ޕްލަސް" އަކީ އަބަދުވެސް ކަސްޓަމަރުން ހިތްއުފާކޮށްދީ، އަދި ކަސްޓަމަރުންނަށް ބޭނުންވާ މިފަދަ ދަޑިވަޅުތަކުގައި އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރައެވެ. "ކެމިސްޓްރީ ޕްލަސް" ގެ ގޯލްޑް ކާޑާ، އަދި ސިލްވާ ކާޑް ލިބިލައްވާފައިވާ ފަރާތްތަކަށްވެސް މިފުރުސަތު އޮންނާނެކަމަށް ފިހާރައިގެ ފަރާތުން މާއުލޫމާތު ދެއްވައެވެ.

ޖެނުއަރީ 2021 ގެ ކުރީން "ކެމިސްޓްރީ ޕްލަސް" ގެ ފޭސްބުކް ޕޭޖަށް ލައިކް، ޝެއާ އެންޑް ކޮމެންޓް ކޮށްގެން ޓީވީ އަކާއި ބައެއް ކޮސްމެޓިކްސް ލިބޭ ޕްރޮމޯޝަނެއް މިހާރުވެސް ފޭސްބުކްގައި ކުރިޔަށް ދެއެވެ. އޭގެ އިތުރުން މި ޑިސެމަބަރު މަހުގެ މެދުތެރޭގައި 300 ރުފިޔާގެ ވިޔަފާރިކޮށްގެން "ބާކީ ނުކޮށް" ޕްރޮމޯޝަންގެ ދަށުން ފިހާރައިން ވިޔަފާރި ކުރައްވާ ބޭފުޅަކަށްވެސް 20 ރުފިޔާ އިން ފެށިގެން 1000 ރުފިޔާ އާއި ދޭތެރޭގެ ފައިސާ ކޮންމެ ކަސްޓަމަރަކަށްވެސް ވަނީ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް