އަވަށްޓެރިންގެ ތަކެތި ވަގަށްނަގާ ބުޅަލެއް

ބުޅަލަކީ ވަރަށްގިން މިހުން ޕެޓްއެއްގެ ގޮތުގައި ގެންގުޅެމުންއަންނަ ޖަނަވާރެކެވެ. މިފަހަރަު މި ދިމާވީ އަވަށްޓެރިންގެ އެއްޗެހި ވަގަށްނަގާ ބުޅަލަކާއެވެ. އެގޮތުން "ޗައިނާ" ނަމަކަށް ކިޔާ މި ބުޅާ އަވަށްޓެރިނ...

30 Dec 2020 | 05:23

ބުޅަލަކީ ވަރަށްގިން މިހުން ޕެޓްއެއްގެ ގޮތުގައި ގެންގުޅެމުންއަންނަ ޖަނަވާރެކެވެ. މިފަހަރަު މި ދިމާވީ އަވަށްޓެރިންގެ އެއްޗެހި ވަގަށްނަގާ ބުޅަލަކާއެވެ.

އެގޮތުން "ޗައިނާ" ނަމަކަށް ކިޔާ މި ބުޅާ އަވަށްޓެރިންގެ ގޭގޭކައިރިން ކޮންމެދުވަހަކުވެސް ހިނގާކަމަށްވެއެވެ. މިގޮތަށް ކޮންމެ ދުވަހަކު އުޅުމަށްފަހުގައި ކޮންމެވެސް އެއްޗެއް ތުމުލައިގެން އަންނަކަމަށް ފާހަގަވުމުން "ޗައިނާ" ގެންގުޅޭ ފަރާތުން ވަނީ މިކަން ޔަޤީން ކުރުމަށް ކެމެރާއެއް ހަރުކޮށެފައެވެ.

އެންމެ ފުރަތަމަ "ޗައިނާ ގެނެސްފައިވަނީ އިސްޓާކީނާއި އަންގިފަދަ ތަކެއްޗެވެ. އަދި އެ ތަކެތި އަނބުރާ ވެރިފަރާތާއް ރައްދުކޮށްދިނުމުން އަނެއްކާވެސް "ޗައިނާ" އެ ތަކެތި އަލުން ގެންނަ ކަމަށް ވެއެވެ.

އެއަށްފަހު ކަތުރާއި ޑާރޓްއާއި އަދިވެސް އެފަދަ ކުދިކުދި ތަކެތި "ޗައިނާ" އާންމުކޮށް ގެއަށް ގެންނަކަމަށްވެއެވެ.

"ޗައިނާ" ގެންގުޅޭ ފަރާތުންދަނީ "ޗައިނާ" ކޮންމެ ދުވަހަކުވެސް ގެންނަ ތަކެތި ސޯޝަލް މީޑިއާގައި ޙިއްސާކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް