މާދަމާ ބީއެމްއެލް ބަންދުވާނެ

މާދަމާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދު ވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. މާދަމާ ބޭންކު ބަންދު ކުރަނީ ކޮންމެ އަހަރެއް ނިމުމާ ދިމާކޮށް ބޭންކް ބަންދުކުރާ އުސޫލުން ނެވެ. ބީއެމްއެލްއިން ބުނީ ...

30 Dec 2020 | 03:56

މާދަމާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދު ވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މާދަމާ ބޭންކު ބަންދު ކުރަނީ ކޮންމެ އަހަރެއް ނިމުމާ ދިމާކޮށް ބޭންކް ބަންދުކުރާ އުސޫލުން ނެވެ.

ބީއެމްއެލްއިން ބުނީ މާދަމާ ބޭންކް ބަންދު ކުރުމަށް ފަހު ދެން ހިދުމަތް ދޭން ފަށާފަނީ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ކަމަށެވެ. މި މުއްދަތުގައި ބަންދުވާވީ ބީއެމްއެލްގެ ބްރާންޗުތަކެވެ.

ބޭންކް ބަންދުކުރާ ދުވަސްތަކުގައި ހުރިހާ ބްރާންޗެއްގެ ހިދުމަތް ބަންދުކުރި ނަމަވެސް ސެލްފް ސާވިސް އޭޓީއެމްތަކުން ހިދުމަތް ލިބޭނެ އެވެ. އަދި ބޭންކްގެ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް މެސެޖުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

https://twitter.com/bankofmaldives/status/1343783848421642240

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް