އާންމު ހިއްސާދާރުން ގެ ފަރާތުން ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު އުރީދޫއިން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި އިންތި...

30 Nov 2025 | 16:45
އުރީދޫ އިން މި އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން -

އުރީދޫ އިން މި އަހަރު ބޭއްވި އަހަރީ އާންމު ޖަލްސާގެ ތެރެއިން -

އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން

ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން

ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ

އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު

ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ:

1.  އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވެ،

އެފަރާތުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން ނުވަތަ ގާނޫނީ ޝަޚްސެއްގެ ފަރާތުން

ހުށަހަޅާ ފަރާތެއްނަމަ، އެ ގާނޫނީ ޝަޚްސުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން

(ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ޤަރާރު ހުށަހަޅަންވާނެ).

2.  އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ

ކުރިން މަދުވެގެން 3 (ތިނެއް) މަސް ދުވަސް ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ

ފަރާތެއްކަމުގައިވުން.

3.  ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު:

2023/7) އަދި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް

އޮތޯރިޓީއިން އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް" ("ސީ.ޖީ.

ކޯޑް") ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑެންޓް

ޑިރެކްޓަރުގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައި ވުން.

4.  ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް

ޕްރޮޕަރ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.

5.  ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ

އަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

6.  ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި

ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި، އިސް މަގާމެއްގައި މަދުވެގެން 10 (ދިހަ) އަހަރު

ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

7.  މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ

ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން

ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުން.

8.  މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ

ކުންފުނިތަކުގެ ތެރެއިން، 2 (ދޭއް) ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު

ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ނުވުން.

9.  އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓަރއެއް ނުވަތަ

ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން. ނަމަވެސް މި

ފަދަ މަގާމެއްގައި ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއަކާއެކު މަސައްކަތްކޮށްފައިވާ

ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން

12 (ބާރަ) މަސް ދުވަސްވުން.

10. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް

ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް

ނުވުން.

11. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއް

ނުވަތަ ރެގިއުލޭޓަރއެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 (ބާރަ) މަސްދުވަހުގެ

ތެރޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.

12. އާއިލާ (ކައިވެނިކޮށްގެން އުޅޭ ފަރާތް އަދި

ދަރިން) ގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރއެއްގެ

ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.

13. އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް

ނެތުން. އަދި ކަންކަމުގައި އިންޑިޕެންޑެންޓް އަދި އިމްޕާޝަލް ނިންމުންތައް ނިންމުމުގެ

ގާބިލުކަން ހުރި ފަރާތަކަށްވުން.

14. އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް

ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން

ލިބިފައިވާ ފަރާތަކަށް ވުން. މީގެ ތެރޭގައި ތިރީގައިވާ ބަޔާންކުރެވިފައިވާ ކަންކަން

ހިމެނޭނެ.

ހ) ފަންނީ ގޮތުންނާއި އަމިއްލަ ހައިޞިއްޔަތުން ކުރާ

މުޢާމަލާތްތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ކުރާ ފަރާތަކަށްވުން.

ށ) އެކަށީގެންވާ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަމާއި

ގާބިލުކަން ހުރުން.

ނ) މާލީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ކިޔައި

ދޭހަވުމުގެ ގާބިލުކަން ހުރުން.

ރ) ކުންފުނި ހިންގުމާއި ބެލެހެއްޓުމުގައި އެކަށީގެންވާ

ގޮތެއްގައި އެހީތެރިވެދެވޭނެ ފަރާތަކަށްވުން. މިގޮތުން ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ

ތަޖުރިބާއާއި ހާސިލުކޮށްފައިވާ ނަތީޖާ/ކުރިއެރުންތަކުގެ ރިކޯޑު ފެންނަން އޮތުން.

ބ) އެހެނިހެން ފަރާތްތަކާއެކު މަސައްކަތްކުރުމުގައި

ޒިންމާދާރުކަމާއި ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން.

ޅ) ކުންފުނީގެ ހިންގުމުގެ ސްޓެންޑަރޑް މަތީ ފެންވަރެއްގައި

ހިފަހައްޓައި ހާސިލުކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާ މުޢާމަލާތްކޮށް މަޝްވަރާކުރުމުގެ

ގާބިލުކަން ހުރުން.

ކ) ތަފާތު އެކި ދާއިރާތަކުގެ ހުނަރުވެރިކަމާއި ތަޖުރިބާގެ

ރިކޯޑު ފެންނަން އޮތުމާއެކު ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓީޖިކްކޮށް މުސްތަޤްބަލަށް

ވިސްނުން ބެހެއްޓުމުގެ ގާބިލުކަން ހުރުން.

އުރީދޫ މޯލްޑިވްސްގެ ބޯޑުގައި ޖެންޓަރ ޑައިވަރސިޓީ ހިމެނުމަށް

ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ

މި ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެކެވެ.

ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން

ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި،

ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ.

އަދި 2026 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ

ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި

ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ

ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު

އިއުލާނު ކުރާނެއެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ)

ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ

ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ

އާންމު ޖަލްސާގެ ނިމުމާ ހަމައަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މާރިޗު މަހުގައި

ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ

2028 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ ނިމުމާ ހަމައަށެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު

ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން

ފޯމު، އުރީދޫގެ ވެބްސައިޓް

http://www.ooredoo.mv/investors އިން ނުވަތަ ނުވަތަ މި

"ލިންކު" އިން ލިބޭނެއެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ  އުރީދޫ މޯލްޑިވްސް ހެޑްކުއަރޓަރސް (ގްރައުންޑް ފްލޯ)

އަށެވެ. އަދި ފޯމު އީމެލް ކުރައްވާނަމަ،

[email protected] އަށް އީމެއިލްކުރެއްވުން

އެދެމެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 4 ޖަނަވަރީ 2026 ވާ

އާދިއްތަ ދުވަހުގެ މެންދުރު 12:00 (ބާރަ ގަޑި ސުން މިނެޓު) ކަމުގައި ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް