މާލޭގައި ތޮއްޖެހޭތީ ކަމަށް ބުނެ ޓެކުހެއް ނަގަން އުޅުމަކީ ނުރައްކާތެރި ކަމެއް: އިދިކޮޅު ކޯލިޝަން

މާލޭގައި ތޮއްޖެހޭތީ ކަމަށް ބުނެ ޓެކުހެއް ނަގަން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ. އެ ކޯލިޝަނުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރ...

30 Nov 2020 | 15:07

މާލޭގައި ތޮއްޖެހޭތީ ކަމަށް ބުނެ ޓެކުހެއް ނަގަން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އަންނައަހަރުގެ ބަޖެޓަށް އެ ކޯލިޝަނުން ވޯޓު ނުދިން ސަބަބު ބަޔާންކޮށްދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީދަރު އަދި އޭދަފުށި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަހްމަދު ސަލީމް ވިދާޅުވީ މި ދަރަޖައަށް ގައުމުގެ ހާލަތު ދިޔުމުން އެކަމާ މެދު ވިސްނަންޖެހޭ ކަމަށެވެ. އަދި ބަޖެޓަށް ވޯޓަށް އެހިއިރު، އެ ވޯޓުގައި ބައިވެރިނުވީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ.

ސަލީމް ވިދާޅުވީ މި ބަޖެޓުގެ މަގުސަދަކީ އަންނައަހަރު އޮންނަ ލޯކަލް ކައުންސިލުގެ އިންތިޚާބަށް ރައްޔިތުންނަށް އޮޅުވާލުން ކަމަށް ވެދާނެ ކަމަށެވެ. އަދި ނަމަވެސް މިއީ ތަންފީޒު ކުރެވޭނެ ބަޖެޓެއް ނޫން ކަމަށެވެ.

"މިރާއްޖެއަކީ އިންތިހާއަށް ޓެކްސް ނަގާ ގައުމެއް. ނަމަވެސް އަންނައަހަރު އިތުރު ޓެކްސްތަކެއް ރައްޔިތުންގެ އަތުން ނަގަން ވަނީ ނިންމާފަ. ހަވީރު ސަޔަށް ހަދާ ހެދިކާ އިންވެސް ޓެކްސް ނަގާ ހިސާބަށް ގައުމުގެ ހާލަތު މިވަނީ ގޮސްފަ." ސަލީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ލިބޭނެ ކަމަށް އަންދާޒާކޮށް އާމްދަނީގެ ގޮތުގައި ޖަހާފައިވާ އަދަދަކީ ހަގީގަތުގައި ލިބޭނެ އެއްޗެއް ނޫން ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް