ހީނާ ލޯބިވެރިޔާ އާއިއެކު ފުރަވެރީގައި ޗުއްޓީ ހޭދަކުރަނީ

މަޝްހޫރު ޓީވީ ތަރި ހީނާ ހާން ފުރަވެރި އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. ބެލެވޭގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. ހީނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވ...

30 Nov 2020 | 11:54

މަޝްހޫރު ޓީވީ ތަރި ހީނާ ހާން ފުރަވެރި އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ބެލެވޭގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. ހީނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ވަނީ ހުދު ކުލައިގެ ހެދުމެއް ލައިގެން ޓީއެމްއޭގެ ސީޕްލޭނެއްގެ ކައިރީގައި ހުއްޓިގެން ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައި އެވެ.

އޭގެ ފަހުން ފުރަވެރި ރިސޯޓުގެ ހިތްގައިމު މާހަލުގައި ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައިވެ އެވެ. އެ ފޮޓޯތަކުގައި ބުނެފައިވަނީ ރާއްޖޭގައި ގިނަ ހަނދާންތަކެއް އެބަހުރި ކަމަށެވެ.

https://www.instagram.com/p/CILMsIsJ9uy/

ހީނާ އެންމެ ފަހުން ރާއްޖެ އައިސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެެރޭގައި އެވެ. އެފަހަރު ޗުއްޓީ ހޭދަ ކުރީ ކުރުނބާ މޯލްޑިވްސްގައި އެވެ.

މިދިޔަ އަހަރާއި މިފަހަރުވެސް އޭނާ ޗުއްޓީ ހޭދަ ކުރުމަށް އައީ ލޯބިވެރިޔާ ރޮކީ ޖައިސްވާލާއި އެކު އެވެ.

https://www.instagram.com/p/CINMTpEpQXr/

ހީނާ އާންމުންގެ މެދުގައި އެންމެ މަޝްހޫރު ވެގެންދިޔައީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާކެހެލާތާ ހޭ" ގެ އަކްޝަރާގެ ރޯލުންނެވެ. އެ ޝޯއިން ވަކިވުމަށް ފަހު ހީނާ ވަނީ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 11" ގައި ވާދަކޮށް ޝޯއިން ދެ ވަނަ ހޯދާފައި އެވެ.

މިހާރު ކުރިޔަށްދާ "ބިގް ބޮސް 14" އިންވެސް ހީނާ ފެނިގެންގޮސްފައިވާ އިރު މިފަހަރުގެ ސީޒަންގައި އޭނާ ބައިވެރިވެރީ ސީނިއާއެއްގެ ގޮތުގައި އެވެ.

ހީނާ އަކީ އިންޑިއާގެ ޓީވީ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އެކަކެވެ. އޭނާ ހެދުން އެޅާ ގޮތާއި މޭކަޕާއި ފޮޓޯ ޝޫޓްތަކަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކަށް ކޮންމެ ދުވަހަކު އަރާ ހަބަރުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް