އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ފިނޭންސް މިނިސްޓްރީން ފަށައިފި

އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ. މިއީ ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިންގ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސ...

30 Nov 2020 | 10:29

އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަ ޓްރޭނިންގ ޕްރޮގްރާމެއް ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

މިއީ ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓިންގ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިނޭންސުން އިންތިޒާމްކޮށްގެން ފެށި ޕްރޮގްރާމެކެވެ.

"އިންޓަރނަލް އޮޑިޓަރސް ޓްރޭނިންގ ޕްރޮގްރާމް" ގެ މަޤްޞަދަކީ އިންޓަރނަލް އޮޑިޓެއް ޕްލޭންކުރާނެ ގޮތާއި، ހިރާސްތައް ދަނެގަންނާނެގޮތާއި، އޮޑިޓްގެ ފީލްޑްވާރކް ކުރިއަށް ގެންދާނެގޮތް އަހުލުވެރި ކުރުވުމެވެ. އަދި އޮޑިޓްގެ މަސައްކަތުގައި ވިސްނުން ބަހައްޓަންޖެހޭނެ ގޮތާއި، އޮޑިޓް ރިޕޯޓް ލިޔުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ބަޔާންކޮށް މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމްގައި ކިޔަވާދެވޭ ބައިތަކުގެ ތެރޭގައި ޕްލޭނިންގ އެންޑް ރިސްކް އެސެސްމަންޓް- އޮފީސް ޓްއަރ، ކްރިޓިކަލް ތިންކިންގ އެންޑް ޕްރޮފެޝަނަލް ސްކެޕްޓިސިޒަމް، އޮޑިޓް އެގްޒެކިއުޝަން އެންޑް ފީލްޑްވާރކް، އިންޓަރނޭޝަނަލް ޕަބްލިކް ޕްރެކްޓިސް ފްރޭމްވަރކް އަދި އޮޑިޓް ރިޕޯޓް ރައިޓިންގ ހިމެނެ އެވެ.

15 ގަޑިއިރަށް ކުރިއަށް ގެންދެވޭ މި ޓްރޭނިންގގައި ހަތް ބެޗެއް ކުރިއަށް ގެންދެވޭނެ އެވެ.

އެގޮތުން ފުރަތަމަ ބެޗު ނިމި އަދި 2 ވަނަ ބެޗުގެ ކިޔެވުން މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް