ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފާއި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބާރީ ވަކި ފަނޑިޔާރު ކަމުން ވަކި ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި67 މެމްބަރުންގެ ތެރެއިން62 މެމްބަރުންގެ ތާއީދާއި އެކު އެވެ. ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ.
ގާޒީ ބާރީ ވަކި ކުރަން މަޖިލީހަށް ފޮނުވީ މިމަހުގެ17 ވަނަ ދުވަހު އެވެ. ވަކި ކުރަން ހުށަހަޅި ސަބަބުތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިޔާނާތްތެރިވި ފައިސާއިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ ހިމެނެ އެވެ. އަދި މެއި 2014 އިން ފެބްރުއަރީ 2018 އަށް ގާޒީ ބާރީ އަމަލީގޮތުން ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވިކަމާއި، އެ މުއްދަތުގައި ޖޭއެސްސީއަށް ހުށަހަޅާފައިވާ އެސެޓް ޑިކްލަރޭޝަން ފޯމުތަކުގައި، މިވިޔަފާރިން ލިބުނު އާމްދަނީ ހާމަކޮށްފައިނުވާކަމަށް ބުނެ ތަހުގީގުކޮށްފައިވާ މައްސަލައެވެ.
ގާޒީ ބާރީމަގާމުން ވަކި ކުރި އިރު އެމްއެމްޕީއާރުސީގެ މައްސަލައިގަ ފުލުހން ތަހުގީގު ކުރަމުންދާ މައްސަލައިގަ ގާޒީ ބާރީގެ މައްޗަށް ތުހުމަތުތަކެއް ކުރާތީ ޖޭއެސްސީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި އޭނާ ސަސްޕެންޑު ކޮށްފައި އެވެ. މަގާމުން މިއަދު ވަކި ކުރި އިރު އިރުވެސް އޭނާ ހުންނެވީ ސަސްޕެންޝަންގައި އެވެ.
ގާޒީ ބާރީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އިިއްވެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ.
ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މަގާމުން ވަކި ކުރަން ހުށަހެޅީ ޖޭއެސްސީން ސުލޫކީ މައްސަލައެއް ބެލުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް