އަންނައަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކޮށްފި، ޢަދަދަކީ 34.9 ބިލިއަން ރުފިޔާ

އަންނައަހަރުގެ ދައުލަތުގެ ބަޖެޓަކީ 34.9 ބިލިއަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ބަޖެޓް ފާސްކޮށްފައިވަނީ68 މެމްބަރުންގެ ވޯޓުން ނެވެ. މި ބަޖެޓު ފާސްކުރަން ނުފެންނަކަަމަށް ވޯޓު ދެ...

30 Nov 2020 | 09:16

އަންނައަހަރުގެ ދައުލަތުގެ ބަޖެޓަކީ 34.9 ބިލިއަން ރުފިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބަޖެޓް ފާސްކޮށްފައިވަނީ68 މެމްބަރުންގެ ވޯޓުން ނެވެ. މި ބަޖެޓު ފާސްކުރަން ނުފެންނަކަަމަށް ވޯޓު ދެއްވާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 34.79 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ.

މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީން ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާއަށާއި ދައުލަތުގެ އޮފީސްތަކުގެ ބަޖެޓަށް ވަނީ އުނި އިތުރު ގެނެސްފައެވެ. އަދި އާމްދަނީ ހޯދަން އިތުރުކުރާ ކަންކަމާއެކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ފާސްކުރީ ބަޖެޓަށް 130 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ.

އަންނަ އަހަަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، ދައުލަތުން ނަގާ ލޯނާއި ސޮވެރިން ގެރެންޓީއާއި ވިއްކާ ސުކޫކް އަދި ޓީބޮންޑުގެ ފުރިހަމަ ތަފްސީލާއި ސޮވެރިން ގެރެންޓީ ދީގެން ހިންގާމަޝްރޫއުތަކާ ގުޅޭ ތަފްސީލް ކޮންމެ ކުއާޓަރއެއް ނިމޭތާ 30 ދުވަސް ތެރޭ މަޖިލީހަށް ދޭންޖެހޭނެ ކަމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް