މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ. އެކަމަކު އިސްތިއުފާ ދެއްވި ސަބަބެއް އަދި އިތުރު ތަފްސީލް ހަމައެއް ނުކުރައްވަ އެވެ.
ޒަކީ އިސްތިއުފާދެއްވާފައި މިވަނީ އެމްޕީއޭލްގެ މުވައްޒަފުންތަކެއް އަށް މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާކަން ސޯޝަލް މީޑިއާގައި ހާމަ ކުރެއްވިތާ ހަފްތާއެއް ނުވަނީނެހެވެ.
ޒަކީ ވަނީ އެ މައްސަލައިގަ ބައިވެރިވި މުވައްޒަފުން ސަސްޕެންޑު ކުރަން އެ ކުންފުނީގެ ބޯޑުން ފާސްވެފައިނުވާތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.
އޭނާ ޓުވީޓު ކުރެއްވިތާ އެއްދުވަސް ނުވަނީސް އެމްޕީއެލްއިން ނެރުނު ބަޔާނެއްގައި ވަނީ އެ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައި އެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެމްޕީއެލްއިން ބަލަމުންދާ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް