އިއްޔެރޭ ހިނގި ސައިކަލު އެކްސިޑެންޓުގައި އުމުރުން 24 އަހަރުގެ އައިޝަތު ނަޒްލާ މަރުވި މައްސަލަ މަރުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފި އެވެ.
އެ އެކްސިޑެންޓު ހިންގާފައިވަނީ އިއްޔެ ރޭ 10:00 ހާއިރު އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން ބޮޑު ތަކުރުފާނު މަގަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް ދުވާ ޓްރެކްގައި ޖެހިގެންނެވެ. މި އެކްސިޑެންޓު ހިނގި އިރު ނަޒްރާ އިނީ އެ ސައިކަލު ފަހަތުގައި އެވެ.
ފުލުހުން މިއަދު މީޑިއާގައި ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަނީ މަރުގެ މައްސަލައެއްގެ ގޮތުގައި އެވެ. އެ މައްސަލައިގަ ފުލުހުން ތުހުމަތު ކުރާ ކަންކަމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން ފިރިހެން މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށެވެ. ނަޒްރާ މަރުވި އެކްސިޑެންޓު ހިނގި އިރު އެ ސައިކަލު ދުއްވަން އިނީ އޭނާގެ ލޯބިވެރިޔާ އުމުރުން 24 އަހަރުގެ އާޒިފް އަބްދުލް ހަކީމެވެ.
މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އިއްޔެ ރޭ ފަތިހު އެވެ. އެކްސިޑެންޓު ވެ ނަޒްރާގެ ބޮލަށް ލޭ އަރާފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ އާއިލާއިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް