ހައްދުންމަތީ ގަމު، ސިނާއީ ބޮޑު މަގުގައި ރޭ ނުރައްކާތެރި އެކްސިޑެއްޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ހޮޅިއެއްގައި ޖެހިގެންނެވެ.
ރޭ 10:30 ކަންހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ގަމު، ސިނާއީ ބޮޑު މަގުން ދެކުނުން އުތުރަށް ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް މަގު މެދުގައި ޖަހާފައިހުރި ސައިން ބޯޑެއްގެ ހޮޅީގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ކާރުގެ ހުރިހާ ފުރޮޅެއް ފަޅައިގެންގޮސް، ކުރީ ބަފަރު ނެއްޓި އިތުރު ގެއްލުންތައް ވަނީ ލިބިފައެވެ. މައުލޫމާތު ލިބުނު ގޮތުގައި މި ކާރު ދުއްވަން އިން މީހާއަށް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓުވި މިކާރު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންގެންދާ ކަމަށެވެ.
ރޭ މި އެސްޑެންޓް ހިނގިއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް ވަނީ ލާމު ގަމުގައި އެކްސިޑެއްޓެއް ހިނގާ ޒުވާނަކު މަރުވެފައެވެ. އެ ޒުވާނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް