އުރީދޫ ފަން ރަން ބިބްގައި ބޭނުން ނަމެއް ޖަހާލެވިދާނެ

އުރީދޫ މޯލްޑިވްސް އިން ފަން ރަން ބިބްސް މުލީ މެދުވެރިކޮށް ގަންނަ އިރު ނަން ޖަހާ ގޮތަށް ހާއްސަ ލިމިޓެޑް ޓައިމް އޮފަރއެއް ތައާރަފްކޮށްފި އެވެ. މި އޮފަރ ހުޅުވާލެވިފައިވަނީ ފަން ކިޓް ގަންނަ ފަރާތްތަކަށެވެ...

30 Oct 2025 | 13:32
އުރީދޫ ފަން ރަން ކިޓް -

އުރީދޫ ފަން ރަން ކިޓް -

އުރީދޫ މޯލްޑިވްސް އިން ފަން ރަން ބިބްސް މުލީ މެދުވެރިކޮށް

ގަންނަ އިރު ނަން ޖަހާ ގޮތަށް ހާއްސަ ލިމިޓެޑް ޓައިމް އޮފަރއެއް ތައާރަފްކޮށްފި އެވެ.

މި އޮފަރ ހުޅުވާލެވިފައިވަނީ ފަން ކިޓް ގަންނަ ފަރާތްތަކަށެވެ.

އުރީދޫ ފަން ރަން 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރ 2025 ގައެވެ.

މި އަހަރުގެ އިވެންޓަށް ބައިވެރިވުމުގެ ފުރުސަތު މިހާރު

ހުޅުވާލާފައިވާއިރު، މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ފަން ކިޓްތަކަށް އޯޑަރު

ކުރެވޭނީ 14 ނޮވެމްބަރ 2025 ގެ 23:59 ނިޔަލަށެވެ.

ފަން ކިޓް ގަތުމަށްޓަކައި:

01. އުރީދޫ ފަން ރަން ވެބްސައިޓަށް ވަދެލާ

ore.do/funrun-2025

02. ބޭނުންވާ ކިޓް އަދި ސައިޒް ނެގުމަށްފަހު ކާޓަށް އެޑް

ކޮށްލާ

03. ބިބް ޕާސަނަލިޒް ކުރުމަށް ގިނަވެގެން 7 އަކުރުގެ ނަމެއް

"ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް" ގައި ލިޔުއްވާ

04. އޯޑަރ ކޮންފާމް ކުރުމަށް ފައިސާ ދައްކާލާ

އުރީދޫ ފަން ރަންގައި ބޭނުންވާ ނަމެއް ޖަހާލައިގެން

ދުވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވަކި މުއްދަތަކަށެވެ. ލަސްނުވެ މި ފުރުސަތުގެ

ބޭނުން ހިއްޕަވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް