އަންނަ އަހަރަށް އެ ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ. ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. ބަޖެޓު ހުށަހަޅުއްވަމުން ވަޒީރު ވިދާޅު...

30 Oct 2025 | 09:41
ވަޒީރު ބަޖެޓް ހުށަހަޅަނީ -

ވަޒީރު ބަޖެޓް ހުށަހަޅަނީ -

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން 64.2 ބިލިއަން

ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މާލީ

ވަޒީރު މޫސާ ޒަމީރެވެ.

ބަޖެޓު ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ މި

ބަޖެޓަކީ އަންނަ އަހަރު މެޗުއާ ވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ

ދެއްކުމުގެ ޚަރަދު ނުލާ ބަލާނަމަ 55 ބިލިއަން ރުފިޔާ ބަޖެޓެއް ކަމަށެވެ. 2021 ވަނަ

އަހަރުން ސަރުކާރުން ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ

އިތުރުން އޭގެ ކުރިން ދޫކޮށްފައިވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު އަނބުރާ

ދައްކަން ހަމަޖެހިފައިވާއިރު ބަޖެޓު ބޮޑުވެގެންދަނީ ދަރަނި އަނބުރާ ދެއްކުމުގެ

ޚަރަދު ބޮޑުވުމުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ

ޚަރަދު ނުލައި މިއީ މި ހިނގަމުން އަންނަ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަން

ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ

ޚަރަދު ކުޑަވާނެ ކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާއަށް އަދި

2028 ވަނަ އަހަރު 57 ބިލިއަން ރުފޔާއަށް ދައުލަތުގެ ބަޖެޓު ދަށް ވާނެ ކަމަށް

ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބަޖެޓު އަމާޒުކުރެވިފައިވަނީ ދިވެހިންގެ

ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް ކަމަށެވެ. އެގޮތުން އެއީ ތަޢުލީމާއި، ޞިއްޙަތާއި،

ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ

ދާއިރާތަކަށް ކަމަށާއި، މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ޤައުމު

ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިޤްތިޞާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި

އިންވެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަންނަ އަހަރުގެ ބަޖެޓު ފަރުމާކުރެވިފައިވަނީ

ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ

ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަޤީގީ މާނާގައި ތަރައްޤީ ގެންނާނެ ގޮތަށް ވިސްނައިގެން

ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވަނީ، 56.6 ބިލިއަން

ރުފިޔާގެ ބަޖެޓެކެވެ. މިއަހަރަށް ލަފާކުރި ބަޖެޓްގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި

35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ.

އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.

ދަރަނި އަނބުރާ ދައްކަން މި އަހަރުގެ ބަޖެޓުގައި

3.9 ބިލިއަން ރުފިޔާ ވަނީ ހިމެނިނަމަވެސް އަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް

4.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ

ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ

ވުޒާރާއިން ވަނީ ބުނެފައެވެ. ކުރީ ސަރުކާރުތަކުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ

ކުރު މުއްދަތުގެ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭަނޭކަމަށް

މާލީ ވުޒާރާއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް