ކޯވިޑް ޖެހޭ މީހުންގެ އަދަދު 30 އިން ދަށުގައި ހުންނަތާ ތިން ވަނަ ދުވަސް

ކޯވިޑް-19 އަށް އިތުރު 27 މީހުން ޕޮސިޓިވް ވެއްޖެ އެެވެ. މިއަދު ޕޮސިޓިވްވީ މާލެއިން 18 މީހުންނާއި އަތޮޅުތެރެއިން ނުވަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 11 ބިދޭސީންނެވެ. މިއަދު27 މީހުން ...

30 Oct 2020 | 18:30

ކޯވިޑް-19 އަށް އިތުރު 27 މީހުން ޕޮސިޓިވް ވެއްޖެ އެެވެ.

މިއަދު ޕޮސިޓިވްވީ މާލެއިން 18 މީހުންނާއި އަތޮޅުތެރެއިން ނުވަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 11 ބިދޭސީންނެވެ.

މިއަދު27 މީހުން ކޯވިޑަށް ޕޮސިޓިވްވި އިރު މިއީ ކޯވިޑް ޖެހޭ މީހުންގެ އަދަދު 30 އިން ދަށުގައި ހުންނަތާ ތިން ވަނަ ދުވަހެވެ. އިއްޔެ ކޯވިޑަށް25 މީހުން ޕޮސިޓިވްވެފައިވާއިރު އޭގެ ކުރި ދުވަހު ޕޮސިޓިވްވެފައިވަނީ 24 މީހުންނެވެ.

މިއަދު ކޯވިޑް-19އަށް ޓެސްޓު ކޮށްފައިވަނީ 1،776 ސާމްޕަލެވެ.

ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 820 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 54 މީހުންނަށެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 259 މީހުން އެބަތިއްބެވެ.

މީގެ އިތުރުން ބަލި ޖެހުނު މީހުންގެ ތެރެއިން 10،779 މީހުން ވަނީ ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ 11،643 މީހުންނެވެ. އޭގެ ތެރެއިން 37 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް