އިންޑިއާ އާއި ރާއްޖެއާ ދެެމެދު މުދާ އުފުލަ ދެވަނަ ކޮޗިން ފެެރީގެ ދެ ވަނަ ދަތުރު ނޮވެމްބަރު12 ވަނަ ދުވަހު އޮންނާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
ކޮޗިން ފެެރީގެ ދަތުރު މިހާރު ނެތްކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ އަމްރު ވިދާޅުވީ، ކޯގާ ފެރީ މިވަގުތު މާލެ ސަރަހައްދުގައި މުދާ ބާލަމުންދާ ކަމަށެވެ. އަދި ނިހާން އެ ފެރީން ގެންނަން ބޭނުންވަނީތޯ ވެސް އަމްރު ވަނީ އައްސަވާފަ އެވެ.
އިންޑިއާއިން ރާއްޖެއަށް މުދާ ގެންނަ ކާގޯ ފެރީއަށް ކިޔަނީ "އެމްސީޕީ ލިންޒު" އެވެ. ނަމަވެސް އާންމު ގޮތެއްގައި މި ފެރީއަށް ކިޔައި އުޅެނީ ކޮޗިން ކާގޯ ފެރީ އެވެ.
އެ ފެރީ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ ދެ ކޮންޓޭނަރުގެ މުދަލާއެކު މިދިޔަ މަހު21 ވަނަ ދުވަހު އެވެ.
މީގެ ކުރިން އިންޑިއާ ސަރުކާރުންނާއި ދިވެހި ސަރުކާރުން ބުނަމުން ދިޔައީ މާލެއާ އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވަނީ ޕަސެންޖާ ފެރީއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް