އިތުރު 11 ރަށެއްގައި އިންޑިއާ ސަރުކާރުގެ އެހީގައި ފާކު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ވަގުތެއްގައި މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އެހީގައި އަލަށް ފާކު އެޅުމަށް ހަމަޖެހިފައިވަނީ ކ. މާފުށި، އއ. ފެރުދޫ، އދ. މަހިބަދޫ، ހަންޏާމީދޫ ،ދިއްދޫ، މަންދޫ އަދި ވ. ފުލިދޫ އާއި ކެޔޮދޫގެ އިތުރުން، މ.މުއްޔާއި، މުލަށް އަދި ކޮޅުފުށީގައި ކަމަށެވެ.
އިންޑިއާގެ އެހީގައި މިނޫން އެހެން ރަށްތަކުގައި ވެސް ފާކު އެޅުމުގެ ޕްރޮޖެކްޓުތަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެއިން ބައެއް ރަށްތަކުން މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ބައެއް ރަށްތަކުގައި ޖިމާއި ކަސްރަތު ކުރާ ސަރަހައްދުތައް ހެދުމަށް ވެސް އިންޑިއާއިން ވަނީ އެހީ ފޯރުކޮށްދީފަ އެވެ.
ސަރުކާރުން އިންޑިއާއެކު ކުރިއަށް ގެންދާ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި މާލެއާ ވިލިމާލެ އަދި ތިލަފުށި ގުޅުވާދޭ ބްރިޖުގެ މަސައްކަތް ހިމެނެ އެވެ. ބްރިޖުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދެ އެވެ،
މީގެ އިތުރުން ވެސް އިންޑިއާއިން ވަނީ ޗައިނާއިން ނަގާފައިވާ ލޯނުތަށް ދެއްކުމަށާއި ބަޖެޓަށް އެހީވުމުގެ ގޮތުން ގިނަ އަދަދެއްގެ ލޯނު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް