ޢާންމު ގޮތެއްގައި ޢިމާރާތްތަކަކީ އެއްތަނުން އަނެއްތަނަށް ގެންދެވޭ އެއްޗެއް ނޫނެވެ. ނަމަވެސް ޗައިނާގެ ޝަންގހާއީ ގެ ސިޓީއެއްގައި ހުރި ޢިމާރާތެއް މިވަނީ ހިންގުވާފައި އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.
ޗައިނާގެ ހުއަންގްޕޫ ޑިސްޓްރިކްޓްގައި 1935 ވަނަ އަހަރު ޢިމާރާތްކޮށްފައިވާ މި ސްކޫލު އެހެންތަނަކަށް ބަދަލުކުރީ އެ އިމާރާތް މިހާރުހުރި ސަރަހައްދުގައި އައު އިމާރާތެއް އެޅުމަށް ތައްޔާރުވަމުން ދާތީއެވެ.
ވިޔަފާރީގެ ބޭނުމަށް އަލަށް އަޅާ މި އިމާރާތް 2023 ވަނަ އަހަރު ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ޢިމާރާތަށް 85 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، 5 ބުރީގެ މި އިމާރާތް އެހެން ސަރަހައްދަކަށް ގެންގޮސްފައިވަނީ ހިނގާ ގޮތަށް ހަރަކާތްތެރިވާ މެޝިންތަކެއްގެ އެހީގައެވެ.
މިއީ ޝެންގހާއީގައި ހުންނަ ތާރީޚީ ބިނާތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، 200 އަށް ވުރެ ގިނަ ރޮބަޓް ފައިތަކެއް ހަރުކޮށްގެން މި ޢިމާރާތް ގެމްދިޔައީ ދެ ގްރޫޕަކަށް ބަހާލާފައިވާ ފައިތައް ބޭނުން ކޮށްގެން ނެވެ.
މި ޢިމާރާތް ބަދަލުކުރުމުގެ މަސައްކަތް ކުރި ޓީމުން ބުނީ ފުރަތަމަ ޖެހުނީ ޢިމާރާތުގެ ދަށުގައި ހަރުކުރާ ރޮބަޓް ފައިތައް ހަރުކުރުމަށް އިމާރާތް ވަށާ ކޮންނަން ކަމަށެވެ. އަދި މިކަމަށް 18 ދުވަސް ހޭދަކުރަން ޖެހުނު ކަމަށް ވެސް ބުނެފައި ވެއެވެ.
"ޢިމާރާތް ހިއްލާލުމަށްފަހު 21 ޑިގްރީއަށް އަނބުރާލުމަށްފަހު 62 މީޓަރު ދުރަށް މި އިމާރާތް ގެންދަން ޖެހުނު. މި މަސައްކަތްކުރީ 2018 ވަނަ އަހަރު އިޖާދުކުރި ޓެކްނޮލަޖީއެއްގެ އެހީގަ" މި މަސައްކަތް ކުރި ޓީމުން ބުނެފައި ވެއެވެ.
މި ސްކޫލް މިހާރު ބަދަލުކޮށްފައިވަނީ ޝަންގހާއީގައި ހުރި، ދުވަސްވީ އާޘާރީ އިމާރާތްތައް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށެވެ.
https://www.youtube.com/watch?v=Gwu4ovaSiQY&feature=emb_logo
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް