ރަޙިމުގެ ގުޅުން ކަނޑާ މީހާގެ ހެޔޮ ޢަމަލުތައް ޤަބޫލު ނުކުރެވޭނެ.!

ރަހިމުގެ ގުޅުން ކެނޑުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާ ފައިވާ ކަމެކެވެ. ދީނީ ދަންނަ ބޭކަލުންގެ ބަސްތަލުން އެނގޭ ގޮތުގައި ރަހިމުގެ ގުޅުން ކަނޑައި މީހަކު ކިތަމެއް ގިނައިން ހ...

30 Oct 2020 | 11:44

ރަހިމުގެ ގުޅުން ކެނޑުމަކީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާ ފައިވާ ކަމެކެވެ.

ދީނީ ދަންނަ ބޭކަލުންގެ ބަސްތަލުން އެނގޭ ގޮތުގައި ރަހިމުގެ ގުޅުން ކަނޑައި މީހަކު ކިތަމެއް ގިނައިން ހެޔޮ އަމަލުތައްކުރި ނަމަވެސް ކުރާނެ ފައިދާއެއް ނެތެވެ.

ކިތަމެއް ގިނަ ހެޔޮ އަމަލުތަކެއް ކޮށްފައިވާ މީހެއް ނަމަވެސް އެ މީހަކީ އޭނާގެ ޢަހާ އާ ގުޅުން ކަނޑާލާފައިވާ މީހެއް ނަމަ އެނާގެ ހެޔޮ އަމަލުތައް ވެގެން ދާނީ ފޫނެތްފަަޔަކަށް ފެންފުރުން ފަދަ ކަމަކަށެވެ.

ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސްތަކުން އެނގެން އޮތް ގޮތުގައި ދުނިޔެ މަތީގައި ކިތައްމެ ދީންވެރި ދިރިއުޅުމެއް އުޅުނު މީހެއް ވިޔަސް ރަޙިމްގެ ގުޅުން ކަނޑާފިކަމަށްވާނަމަ ހެޔޮއަމަލަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯނާނެއެވެ.

ﷲ އަށް ޝިރުކުނުކުރާ ކަމުގައިވާނަމަ ހުރިހާ އަޅުތަކުންގެ ފާފަތައް ފުއްސަވައެވެ. އެކަމަކު އެންމެ ދެ މީހަކު ފިޔަވައެވެ.  އެ ދެ މީހުންނަކީ އޭނާ އާއި އޭނާގެ އަޙާއާ ދެމެދު ރުޅިވެރިކަން އޮވެ އެ އަޚާއާއި ގުޅުން ކަންޑާލާފަ އޮތް މީހާއެވެ. އޭގެ ސަބަބުން ﷲ ސުބުހާނަހޫ ވަތައާލާ އެންމެންގެ ފާފަތައް ފުއްސެވިއިރުގައި ވެސް އެ ދެ މީހުންގެ ފާފަ ނުފުއްސަވާނެއެވެ.  އެ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުވުމަށްދާންދެންނެވެ.

މިކަމުންވެސް އެނގިގެން ދަނީ އަޙުވަންތަކަމުގެ ގުޅުމާއި ރަޙިމުގެ ގުޅުމުގެ މުހިންމުކަމެވެ.

އަޅުގަނޑުމެންގެ ހާލަތަށް ބަލާއިރު، މިފަދަ މައްސަލަތަކަކީ ބަރަށް އާންމު މައްސަލަ ތަކެކެވެ. ޖެހުނު ކޮންމެވެސް މައްސަލައެއްގައި ވެސް އޭނާގެ އެއްބަނޑު އެއްބަފާ މީހުންނާ ގުޅުން ކަނޑާލާ ގާތް އަޙާ އާއި ވާހަކަ ނުދައްކާ ހުންނަތަން ފެނެއެވެ.

ލޮބުވެތި އަޚުންނޭވެ.! މިފަދަ ކަންކަމަކީ ނުރައްކާތެރިކަން ބޮޑު ކަންކަމެވެ. ދެބައޮޑުވުމާއި ﷲ އަށް ގަދަ ބަސްބުނުމާއި ހަސަދަވެރިވުމާއި ކިބުރުވެރިކަމުގެ ނުބައިކަމުން އަޅުގަނޑުމެން ދުރުވެ ތައްކައުތެރި ވާން ޖެހެއެވެ.

ދެބައޮޑުވާ މީހުން ސުވަރު ނުވަންނާނެކަމުގައި ޤުރުއާނާއި ސުންނަތުން އެނގެން އޮތްއިރު، އަލިފާނުން ދަރު އަނދާލާ ފަދައިން ހަސަދަވެރިކަމަކީ ހެޔޮ އަމަލުތައް އަނދާލާ ނުބައިކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް