ލޯކަސް ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމި ކެންޑިޑޭޓުންގެ ތެރެއިން 46 ކެންޑިޑޭޓުން އަނބުރާ ނަން ނަގައިފި އެވެ.
ކޮވިޑް-19އިގެ ސަބަބުން މިދޔަ އެޕްރީލް މަހު ބާއްވަން ހަމަޖެހުނު ލައުންސިލް އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ފަސް ކުރުމާއެކު މިހާތަނަށް ވަނ 46ކެންޑެޑޭޓުން ނަން އަނބުރާ ގެންގޮސްފަ އެވެ.
އެ46 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ވާދަކުރަން ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދަކީ2435 އެވެ. އެހެންކަމުން މިހާރު ވާދަކުރާ ކެންޑިޑޭޓުންގެ ގޮތުގައި ތިބީ 2388 ކެންޑިޑޭޓުންނެވެ.
ނަން އަނބުރާ އެންމެ ގިނައިން ގެންގޮސްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ15 ކެންޑިޑޭޓުންވެ.
ޕީޕީއެމުން ކުރިމަތިލި ހަ ކެންޑިޑޭޓަކު އަދި ޖޭޕީގެ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމު ހުށަހެޅި 20 ކެންޑިޑޭޓަކު ވެސް، މިދިޔަ ބުދަ ދުވަހާ ހަމައަށް ނަން ނަގާފައި ވެ އެވެ.
އިންތިހާބުގައި ވާދަކުރުމަށް އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ. އެއީ 876 ކެންޑިޑޭޓެކެވެ. ދެ ވަނަ އަށް އެންމެ ގިނައީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނެވެ. އިދިކޮޅު ޕާޓީގެ ޓިކެޓުގައި 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް