މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް، ކުރިއަށް އޮތް 24 ގަޑި އިރު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖެހުމާއި ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާ، އެ އިދާރާ އިން ބުނީ މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއްް ރަށްތަކަށް ގުގުރުން އެކަށީގެން ވާ ކަމަށެވެ.
މީގެ އިތުރުން އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކުރުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށާއި ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރެ އާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. އަދި އުތުރު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މިއާއެކު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުމަކީ އެކަށީގެން ވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ އިރު، މެދުރާއްޖެތެރެ އާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އަދާއިގެވަރަކަށް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ. އަދި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 2 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް