އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 އަދި އައިފޯން 12 ޕްރޯ އުރީދޫއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު، އެޖް-ޓު-އެޖް ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ ހިމަނާފައިވެއެވެ.
ހަމައެއާއެކު، ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާ އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕްއެވެ.
އޮކްޓޯބަރ 30 ވަނަ ދުވަހުން ފެށިގެން މޫލީ މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 12 އަދި އައިފޯން 12 ޕްރޯ، ޕްރީއޯޑަރ ކުރެވޭނެއެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/app އަށް ޒިޔާރަތް ކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް