“ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ދުވަސް

ލ. ގަން ފޮނަދޫ ސަރަހައްދަށް ހުޅުވާލައިގެން .ފޮނަދޫ ކުރިގަމް އަވަށުގެ ޒުވާނުން އިންތިޒާން ކޮށްގެން ބާއްވާ ” ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020″ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް “ދު...

29 Oct 2020 | 20:40

ލ. ގަން ފޮނަދޫ ސަރަހައްދަށް ހުޅުވާލައިގެން .ފޮނަދޫ ކުރިގަމް އަވަށުގެ ޒުވާނުން އިންތިޒާން ކޮށްގެން ބާއްވާ ” ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020″ މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް “ދުވަސް އެމްވީ” ހަމަޖައްސައިފިއެވެ.

މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރުކަން ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދެފަރާތުން ވެސް އެއްބަސްވުމެއް ހަދާ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، ދުވަސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދުވަސްއެމްވީގެ ސްޕޯޓްސް އެޑިޓަރ އަބްދުލް ޙަންނާން މުޙައްމަދެވެ. އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މުބާރާތް ހިންގާ ކޮމިޓީގެ ޗެއާރމަން އިބްރާހީމް އިނާސްއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދުވަސްއެމްވީގެ ސްޕޯޓްސް އެޑިޓަރ ވިދާޅުވީ ދުވަސް އަކީ އަބަދުވެސް ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދޭ މީޑިއާއެއް ކަމަށާއި ދުވަސްގެ ކުޅިވަރު ޓީމުން އެ މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް މުބާރާތް ނިމުމާއި ހަމައަށް ގެނެސްދެމުން ގެންދާނެ ކަމަށެވެ.

އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން ވާހަކަދައްކަވަމުން ކޮމިޓީ ޗެއާރމަން އިބްރާހީމް އިނާސް ވިދާޅުވީ ދުވަސްގެ ފަރާތުން މުބާރާތުގެ ހުރިހާ ހަބަރުތަކެއް ގެނެސްދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދުވަސް އޮންލައިން އާއި އެކު ކުރާ މަސައްކަތުގެ ތެރެއިން މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020 ގެ ނަމުގައި ބާއްވާ ފޯރިގަދަ މި ފުޓްސަލް މުބާރާތުގައި ޖުމުލަ 16 ޓީމު ވާދަކުރާއިރު، މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގައި މަޝްޙޫރު ގިނަ ތަރިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އެންމެ ފަހުން ލ.ގަމުގައި ބޭއްވުނު ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖްގެ ކިންގް އަލީ ހާފިޒް ( އައްޔަ) އަދި މުބީން އިބްރާހިމް (މުއްކި) އާއި ހުސެއިން ޝަރީފް (އޮންލީ) ފަދަ ތަރިން ފެނިގެން ދާނެއެވެ.

ރޫޓް 66 ތުނޑީ ފުޓްސަލް މުބާރާތުގައި ބައިވެރިވި ޓީމުތައް:

  • އައުޓްރީފް އެސްސީ
  • ގޯޅި އެސްސީ
  • ޑިޓްރޮއިޓްސް އެސްސީ
  • ކޮރޯ އެފްސީ
  • ޑީކޭއެންޒެޑް
  • ފެހިވެށި
  • ކަންމަތި އެސްސީ
  • ގޯޅި ޖޭއާރު
  • ލާމް ބްލޫސް
  • ޖީ ސްޓާރ
  • އެމްވީ އެކްސް ޕްރެސް
  • ޑީބީ ސްޕޯޓްސް އެސްސީ
  • ޖީއެޗް ސްޕޯޓްސް ކުލަބް
  • އެފްޔޫއާރް އެފްސީ
  • އެމްވައި
  • ގޯޅި ޖޫނިއަރ

ލ. ފޮނަދޫ މެދުއަވަށު ޓާފް ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަކަށްފަހު، އޮންނާނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތަކެވެ. އެއަށް ފަހު ދެން ކުޅޭނީ ސެމީ ފައިނަލްގެ މެޗުތަކެވެ. މި މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައިވެސް 4 ޓީމް ހިމެނޭގޮތަށެެވެ.

އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާ ހޮވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ފޮނަދޫގައި ހުންނަ ދި ޖެމްކިޗަން ރެސްޓޯރަންޓް އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ދުވަސް އޮންލައިން އެވެ.

މުބާރާތު މެޗުތަކުގެ ޝެޑިއުލް:

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް