ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި މީޙަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި

ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުވާ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ. ސޯޝަލް މީޑިއާގައި ފުލުހުން އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ ފިރިހެނަކު ގެ...

30 Sep 2026 | 08:59
ފުލުހުން ހޯދަން އިއުލާނު ކުރި މީހާ --

ފުލުހުން ހޯދަން އިއުލާނު ކުރި މީހާ --

ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުވާ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުން އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ ފިރިހެނަކު ގެއަކަށް ވަފެދައި ނިކުންނަ މަންޒަރެވެ.

ވީޑިއޯ ފުޓޭޖުން ފެންނަނީ ރޭގަނޑު 7:34 ހާއިރު ދަބަހެއް އަޅުވައިގެން ހުރި ފިރިހެނަކު ގެއަކަށް ވަންނަ މަންޒަރެވެ. އަދި އޭނާ އެގެއިން ނިކުންނަނީ ގާތްގަނޑަކަށް ދެ މިނެޓު ފަހުން 7:36 ހާއިރެވެ.

އެ ގެއިން ނިކުތުމަށް ފަހު މަގުމަތީގައި މަޑުކޮށްލައިގެން ދެ ފަރާތަށް ބަލަން ހުންނަ މަންޒަރު ވެސް ފެނެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހާއަކީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފެމިލީ އެންޑް ޖެންޑާ އެފެއާޒްއިން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރަކޮށްފައިގެ މައްސަލައެއްގައި ތުހުމަތުކުރެވޭތީ ހޯދަމުންދާ މީހެކެވެ.

ފުލުހުން ބުނީ އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ. އެހެންވެ، އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ނަމްބަރު 3322111 ނުވަތަ 9790163 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް