ޑޮލަރެއްގެ އަގު 2.5 މިލިއަން ރިޔާލުގައި، ރެކޯޑު މިންވަރަކަށް އިރާނު ފައިސާގެ އަގު ވެއްޓިއްޖެ

އެމެރިކާ ޑޮލަރާ އަޅައިބަލާއިރު އީރާނުގެ ފައިސާ ކަމުގައިވާ ރިޔާލް މިހައިތަނަށް ރެކޯޑު ކުރެވިފައި ނުވާ މިންވަރަކަށް އަގު ވެއްޓިޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިނިވަން ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު...

30 Sep 2026 | 04:30
ދުވަހަކުވެސް އިރާން ފައިސާގެ އަގު ދަށަށް ނުދާވަރަށް މިހާރު ވަނީ ވެއްޓިފައި --

ދުވަހަކުވެސް އިރާން ފައިސާގެ އަގު ދަށަށް ނުދާވަރަށް މިހާރު ވަނީ ވެއްޓިފައި --

އެމެރިކާ ޑޮލަރާ އަޅައިބަލާއިރު އީރާނުގެ ފައިސާ ކަމުގައިވާ ރިޔާލް މިހައިތަނަށް ރެކޯޑު ކުރެވިފައި ނުވާ މިންވަރަކަށް އަގު ވެއްޓިޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިނިވަން ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 2.5 މިލިއަން ރިޔާލަށް ވުރެ މަތީގައި އެވެ.

އީރާނުގެ މިނިވަން ބޭރު ފައިސާގެ ބާޒާރު ޓްރެކް ކުރާ ޕާޝީޒީ ވެބްސައިޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ޑޮލަރެއް ގަންނަން 2.542 މިލިއަން ރިޔާލް ޚަރަދުވެފައިވެއެވެ. އެއީ ކުރީ ދުވަހާ އަޅައިބަލާއިރު 3.84 އިންސައްތައިގެ އުފުލުމެކެވެ.

ހޯމަ ދުވަހު އެންމެ މަތީ ރޭޓެއްގެ ގޮތުގައި ރެކޯޑު ކުރެވިފައި ވަނީ 2.548 މިލިއަން ރިޔާލެވެ.

ޖެހިޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން ރިޔާލް ރެކޯޑު މިންވަރަށް ވެއްޓެމުންދާ އިރު ހޯމަ ދުވަހު ވެސް ޑޮލަރެއްގެ އަގު 2.4 މިލިއަން ރިޔާލަށް އެރި ކަމަށް އިރާންގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނުގެ ތެރޭގައި އުފުލެމުންދާ އިންފްލޭޝަނުގެ ސަބަބުން ފައިސާގެ އަގު ދަނީ ހީނަރުވަމުންނެވެ.

ފެބްރުއަރީ މަހު އެމެރިކާ-އިސްތިއުމާރީ އިޒްރޭލުގެ ޙަމަލާތައް ފެށުނީއްސުރެ ރިޔާލް އިތުރަށް ބަލިކަށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަނގުރާމައިގެ އިތުރުން އެމެރިކާގެ ކަނޑުގެ ޙިޞާރުގެ ސަބަބުން އީރާނުގެ އިޤުތިޞާދަށް ބޮޑެތި ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ.

މި ދަނޑިވަޅުގައި ހޮރްމޫޒް ކަނޑު އެޅީ އަލުން ހުޅުވުމަށް ޓެކެޔެ ކޮށް ވޮޝިންޓަނާއި ތެހެރާނާ ދެމެދު މެދުވެރީން މެދުވެރިކޮށް މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް