އަންނަ އޮކްޓޫބަރ މަހު ބާސެލޯނާއާއި ދެކޮޅަށް ކުޅެން ހަމަ ޖެހިފައިވާ ކްލެސިކޯ މެޗްގައި ހަޒާޑަށް ކުޅެވޭނެ ކަމާއި މެދު ސުވާލު އުފެދިއްޖެއެވެ.
އެލްކްލެސިކޯ މެޗުގައި ހަޒާޑަށް ކުޅެވޭނެ ކަމާއި މެދު ސުވާލު އުފެދުނީ އޭނާގެ ފަލަ މަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯވުމުގެ ސަބަބުންނެވެ.
ޗެލްސީ ދޫކޮށް ރެއާލާ އި ގުޅުނުނު ފަހުން އަދި މިހާތަނަށް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކޭ ގޮތް ވަނީ ނުވެފައެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތި ވުމުގެ ސަބަބުން މިދިޔަ ސީޒަނުގެ ކުރީކޮޅު ވެސް ގިނަ މެޗުތަކެއް ހަޒާޑަށް ވަނީ ގެއްލިފައެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި ވެސް ހަޒާޑްއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު އިރު، އޭނާއަށް ކުޅުމުގެ ފުރުސަތުވެސް ލިބިފައިވަނީ ނިސްބަތުން މަދު މެޗުތަކެއްގައެވެ.
ހަޒާޑުގެ އަނިޔާއާ ބެހޭގޮތުން ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ކުޅުމުގެ ތެރެއަށް އައުމަށް ހަޒާޑް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ހަޒާޑްގެ އަނިޔާއާއި ގުޅިގެން ރެއާލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ހަޒާޑްގެ ފަލަމަސް ގަނޑަށް ލިބިފައިވާ އަނިޔާ ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ކްލަބުގެ މެޑިކަލް ޓީމުން ހަޒާޑްގެ ހާލަތު އިތުރަށް މޮނީޓާ ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
ހަޒާޑް އަށް އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭވަރުވާނީ އަދި 20 ދުވަސް ފަހުން ކަމަށް ރެއާލްގެ ބަޔާނުގައި ލަފާކޮށްފައިވާއިރު، މަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ކްލެސިކޯ މެޗަށް ހަޒާޑް ފިޓް ނުވެދާނެކަމަށް ބެލެވޭކަމަށްވެސް ރެއާލްގެ ބަޔާނުގައިވެއެވެ.
2019 ވަނަ އަހަރު 112 މިލިއަން ޑޮލަރުގެ އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވި ހަޒާޑް މިހާތަނަށް ޗެލްސީއަށް ކުޅެދީފައިވަނީ އެންމެ 16 މެޗެވެ. ދަދި ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޯލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް