އައްޑޫ ޕޮލިސް އެކަޑާމީ ހަދަން ރާއްޖެ އައި އިންޑިއާގެ53 މީހަކު ޕޮސިޓިވް ވި ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމީހުންގެ ކަރަންޓީން މުއްދަތު ހަމަވެގެން ކޯވިޑަށް ޓެސްޓު ކުރަން ފެށީ އިއްޔެ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ހަވީރު 6:00 ގެ ނިޔަލަށް 44 މީހަކު އޭގެ ތެރެއިން ޕޮސިޓިވްވެފައިވާއިރު މިރޭ އިތުރު ނުވަ މީހަކު ޕޮސިޓިވްވި ކަމަށެވެ.
އޭނާ ވިދާޅުވީ އެމީހުންގެ ތެރޭގައި128 މީހުން އެބަތިބި ކަމަށާއި އެ އެންމެން ޓެސްޓުކޮށް ނަތީޖާ ލިބިފައިވާ ކަމަށެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ މިމަހުގެ13 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އައި ޗާޓާޑް ފްލައިޓެއް ކަމަށް ވިދާޅުވި އެވެ.
އެމީހުން ރާއްޖެ އައި ދުވަހުން ފެށިގެން ތިބީ ކަރަންޓީންގައި ކަން ފާހަގަ ކުރައްވަމުން ޑރ. ނަޒްލ ވިދާޅުވ އެހާ ގިނަ މީހުން ޕޮސިޓިވްވިޔަސް އޭގެ ސަބަބުން ރައްޔިތުންނަށް ނުރައްކަލެއް ނެތް ކަމަށެވެ.
ރާއްޖޭން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު 34 މީހަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް