ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޒުވާނަކާއި ކައިވެނި ބައްލަވައިގެންފި އެވެ.
"ދުވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް ކައިވެނިބައްލަވައިގަތީ އުމުރުން 21 އަހަރުގެ ރާނިޔާ އަހުމަދު ހަމީދާއި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާނިޔާ އަކީ ގާސިމްގެ އުފަން ރަށް އދ. މާމިގިއްޔަށް ނިސްބަތްވާ ބޭކަނބަލެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކައިވެނީގެ ރަސްމިއްޔާު އޮތީ ސަން އައިލެންޑް ރިސޯޓުގައި އެވެ. މި ހަފްލާ ބޭއްވީ މާ ބޮޑުކޮށް ނޫން ކަމަށްވެ އެވެ.
ރާނިއާގެ އިތުރުން ގާސިމްގެ އިތުރު ތިން އަނބިކަނބަލަކު އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް