އާބާތުރަ ފިލުވުމަށް ފަހު، މާލޭ ހުކުރު މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރަން މާދަމާ ފެށުމަށް ނިންމައިފި އެވެ.
މިސްކިތުގައި ނަމާދުކުރަން އަލުން ފަށާ އިރު، ކޮވިޑާ ގުޅިގެން އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ބޭފުޅުންވެސް އަމަލުކުރުމަށް ނޭޝަނަލް ސެންޓަރ ފޯ ކަލްޗަރަލް ހެރިޓޭޖުން ވަނީ އެދިފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުރު މިސްކިތް ބަންދުކުރީ މިސްކިތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އެވެ.
ލޮކްޑައުނަށްފަހު މިދިޔަ މެއި މަހު، މިސްކިތް އަލުން ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނިންމުން ލަސްވެގެންދިޔައީ ކޮވިޑްގެ ސަބަބުން ނެވެ.
މުޅި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމައިފައިވަނީ އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް