މިއަދު މާލެއިން ކޯވިޑަށް ޕޮސިޓިވްވީ 50 މީހުން އަތޮޅު ތެރެއިން 47 މީހުން

ރާއްޖެއިން އިތުރު 97 މީހުން ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 50 މީހުންނަށެވެ. އަތޮޅު ތެރެއިން 47 މީހަކު ޕޮސިޓިވްވެފައިވާއިރު އޭގެ ތެރެއިން 44 މީހުންނަކީ އައްޑޫ ސިޓީ ޕޮ...

30 Sep 2020 | 17:16

ރާއްޖެއިން އިތުރު 97 މީހުން ކޯވިޑަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 50 މީހުންނަށެވެ. އަތޮޅު ތެރެއިން 47 މީހަކު ޕޮސިޓިވްވެފައިވާއިރު އޭގެ ތެރެއިން 44 މީހުންނަކީ އައްޑޫ ސިޓީ ޕޮލިސް އެކަޑަމީ ހަދަން އިންޑިއާއިން އައިސް ކަރަންޓީންގައި ތިބި މީހުންނެވެ.

ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 42 ދިވެހިންނާއި 55 ބިދޭސީންނެވެ. މިއަު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،677 ސާމްޕަލެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1،142 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 75 މީހުންނަށެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 585 މީހުންނެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 9،108 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 10،291 އަށް އަރާފައި އެވެ.

https://twitter.com/HPA_MV/status/1311351471888314368

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް