އަދީބުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހު

އެމްއެމްޕީއާރްސީ މައްސަލާގައި ކުރީގެ ނައިބް ރައިސް އަހުމަދު އަދީބުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ މައްސަލާގައި ހުކުމް ކުރުން އަންނަ ހަފްތާ ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ. އަދީބުގެ މ...

30 Sep 2020 | 13:11

އެމްއެމްޕީއާރްސީ މައްސަލާގައި ކުރީގެ ނައިބް ރައިސް އަހުމަދު އަދީބުއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ މައްސަލާގައި ހުކުމް ކުރުން އަންނަ ހަފްތާ ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދުއުވާއަށް އޭނާ މިއަދު ބޭއްވި ޝަރީއަތުގައި އިއުތިރާފުވެފައިވާއިރު، މި މައްސަލައަށް މިއަދުވެސް ހުކުމް ކުރެއްވުމަށް މައްސަލަ ބައްލަވާ ގާޒީ ބޭނުންފުޅު ވިއެވެ. އެހެން ނަމަވެސް އަދީބުގެ ވަކީލުން ވަނީ އަދީބުގެ މައްޗަށް މިއަދު ހުކުމް ކުރުމަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އަންނަ ހަފްތާ ހޯމަދުވަހަށް އަދީބަށް ހުކުމް ކުރުން ލަސްކޮށް ގާޒީ ނިންމެވީ ހުކުމާއި ހަމައަށްވެސް އަދީބު ބަންދުގައި ބެހެއްޓުމަށެވެ. އަދި އަދީބުވެސް ވަނީ ޖަލުގައި ބެހެއްޓިޔަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ އެކަން ގަބޫލްވެސް ކުރައްވާފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ހަތް ދައުވާ އެއް ދައުލަތުން އުފުލާފައިވާއިރު، އެ ހަތް ދައުވާ އަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް