ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފައްދަވައިފި އެވެ. މި ކުންފުންޏަކީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ރައީސް އޮފީހުން ބު...

30 Sep 2020 | 10:52

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުންފުންޏެއް އުފައްދަވައިފި އެވެ.

މި ކުންފުންޏަކީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

ރައީސް އޮފީހުން ބުނީ މި ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއާޕޯޓްތައް ވިޔަފާރީގެ އުސޫލުން ހިންގުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. އަދި މި ކުންފުނިން ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގާނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ހިންގާ ނުވަ އެއާޕޯޓު އެބައޮތެވެ. މިހާތަނަށް އެތަންތަން ހިންގަމުން ދަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސްގެ ދަށުންނެވެ.

މިހާރު އެއާޕޯޓުތައް ހިންގަން ސަރުކާރުގެ ދެ ކުންފުންޏެއް އުފައްދާފައި އެބައޮތެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ގަން އިންޓަނެޝަނަލް އެއާޕޯޓު ލިމިޓެޑް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް