އައްޑޫ ޕޮލިސް އެކަޑާމީ ހަދަން ރާއްޖެ އައި ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ އެ މީހުން ޕޮސިޓިވްވެފައިވަނީ ރާއްޖެ އައިސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމުން ޓެސްޓު ކުރުމުން ކަމަށެވެ. އެ މަސައްކަތަށް އިންޑިއާގެ128 މީހަކު ގެނެސްފައިވެ އެވެ.
އެމީހުން ރާއްޖެ ގެނެސްފައިވަނީ އިންޑިއާ ސަރުކާރުން ޗާޓާ ކުރި ފްލައިޓެއްގައި ސީދާ އައްޑޫ ސިޓީއަށެވެ. އެމީހުން ކަރަންޓީން ކޮށްފައި ތިބީ އައްޑޫައި އެވެ.
އެޗްޕީއޭ އިން ބުނީ އެމީހުންގެ ކަރަންޓީނަށް ފަހު ނެގި ސާމްޕަލްތަކުގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެންމެންގެ ސާމްޕަލް ނަގައި އަދި ޓެސްޓުކޮށް ނުނިމޭތީ އޭގެ ތެރެއިން ޕޮޒިޓިވީ ކިތަން މީހުން ކަމެއް އަދި ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖޭން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު 34 މީހަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް