ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ އިތުރު ބަޔަކު ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ އިތުރު ބަޔަކު މިއަދު ފުރުވާލައިފި އެވެ. މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ފުރުވާލީ ބަންގްލަދޭޝްގެ 200 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ގަވައިދާ ހ...

30 Sep 2020 | 08:39

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ އިތުރު ބަޔަކު މިއަދު ފުރުވާލައިފި އެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ފުރުވާލީ ބަންގްލަދޭޝްގެ 200 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ގަވައިދާ ހިލާފަށް އުޅެގެން ފުރުވާލި އެންމެންނަކީ އެ ގައުމުގެ މީހުންނެވެ.

މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރި 38 ވަނަ ދަތުރެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުމަށް ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުން ފުރުވާލާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20،000 މީހުން ފުރުވާލުމެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީ، ފުލުހުން، އިމިގްރޭޝަން އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް