ދިރާގުގެ މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފި

ދިރާގުގެ މޮބައިލް  ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފިއެވެ. މިގެނައި ބަދަލުތައް ދައްކާލުމަށް ދިރާގުން ވަނީ ވާޗުއަލް އިވެންޓެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސ...

30 Sep 2020 | 08:31

ދިރާގުގެ މޮބައިލް  ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފިއެވެ.

މިގެނައި ބަދަލުތައް ދައްކާލުމަށް ދިރާގުން ވަނީ ވާޗުއަލް އިވެންޓެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދީފައި އެވެ.

ދިރާގު ޕްރީޕެއިޑަށް ގެނައި އަޕްގްރޭޑް ތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސް. އެމް. އެސް އަދި ޑޭޓާ، އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި އިތުރު ހިލޭ "ޕާކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބިގެންދާނެއެވެ.

މި ހިލޭ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ޚިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލުމުގެ ފަސޭހަކަން މިހާރު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ދިރާގުން ޕްރީޕއެއިޑް "ޕަރކްސް" ތައާރަފްކޮށްފައިވަނީ، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ފަދަ ޚިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ޚާއްސަކޮށްގެންނެވެ. އަދި ދިރާގުން ދަނީ އިތުރު ކަސްޓަމަރ ސެގްމެންޓްތަކުން ބޭނުންވާ ފަދަ ޚިދުމަތްތަކުން އިތުރު ޕަރކްސް ތަޢާރަފުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 250 ރުފިޔާ އިން ފެށިގެން ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭ އިރު، މި ޕެކޭޖްތައް ދިރާގު ޕްރީޕެއިޑް އަދި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށްވެސް ބޭނުން ކުރެވޭނެއެވެ.

އަލަށް ތައާރަފުކުރި ކޮމްބޯ ޕްލޭންސް އާ ގުޅިގެން ދިރާގު ކޮންސިއުމަރ މާކެޓް މެނޭޖަރ އައިޝަތް އިޝާނާ ވިދާޅުވިގޮތުގައި، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބި، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ.

އެގޮތުން، ދިރާގު ޕްރީޕެއިޑް ޚިދުމަތަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ޚިދުމަތެއް ލިބި، ހަރަދުކުރަން ޖެހޭ މިންވަރު ވެސް ކުޑަވެގެންދާނެކަމަށެވެ.

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސް.އެމް.އެސް ފޮނުވުމުން ވާނެއެވެ.

ދިރާގު ޕްރީޕެއިޑް ޚިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް އަދި ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭތްކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ. ދިރާގުގެ އެކި އެކި ޚިދުމަތްތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް