ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދު ދައްވެ މުޅި ގައުމު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްވި ހިތޯބުގައި ޝާހިދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ތިޔާގިކަމާއެކު ތަރައްގީއައިގެން ކުރިޔަށް ދަމުންދިޔަ ރާއްޖެވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފަ ކަމަށެވެ. ޝާހިދު ވިދާޅުވީ ރަޢްޖޭގެ ރީތިކަން ބަލާލުމަށް ޒިޔާރަތްކުރަމުންދިޔަ ފަތުރުވެރީން އައުން ހުއްޓުމުގެ ސަބަބުން، ލިބޭ އާމްދަނީ މަދުވެ، ދަރަނީގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ވޭތުވެދިޔަ10 އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ފުރަތަމަ ފަހަރަށް ދަށްވާން ފެށީ ކޯވިޑް-19 އާއި ގުޅިގެން ކަމަށެވެ. ކޯވިޑްގެ ސަބަބުން ހުރިހާ ގައުމެއްގެ އިގުތިސާދަށް ގެއްލުން ވިޔަސް، އެ ގެއްލުމުގެ މިންވަރު އެކި ގައުމުތަކަށް ތަފާތުކަން ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ބަލިމަޑުކަމުން އަރައިގަނެވޭނީ ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އެއީ އެއްބައިވަންތަކަމާ އެކު މަސައްކަތްކުރުމުގެ ރޫހު އާލާކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
ޝާހިދުގެ ހިތޯބުގައި ވަނީ ކޯވިޑާއި ދެކޮޅަށް ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައި އެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ކޮވިޑްއާ ގުޅޭ ކަންތައްތައް ރަނގަޅަށް ކުރިއަށްގެންދަން ހާއްސަ ޓާސްކްފޯހެއް އެކުލަވާލުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ކޯވިޑުގެ ހާލަތުގެ އިތުރުން މިިސްޓަރު ޝާހިދު ވަނީ ރާއްޖެއިން އިންސާނީ ހައްގުތައް ރައްކާތެރިކުމަށް ދޭ އަހައްމިއްޔަތު ކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް