ސުމަތުރާގައި ޚަތިމެއް އެއްލާލި މީހަކަށް 18 މަހުގެ ޖަލު ހުކުމެއް

އިންޑޮނޭޝިޔާގެ ސުމަތުރާގެ މިސްކިތެއްގެ ތެރޭގައި ޚަތިމެއް އެއްލާލި މީހެއްގެ މައްޗަށް 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ސުމަތުރާގެ މެޑާން ޑިސްޓްރިކްޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އުމުރު...

30 Sep 2020 | 03:15

އިންޑޮނޭޝިޔާގެ ސުމަތުރާގެ މިސްކިތެއްގެ ތެރޭގައި ޚަތިމެއް އެއްލާލި މީހެއްގެ މައްޗަށް 18 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ސުމަތުރާގެ މެޑާން ޑިސްޓްރިކްޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އުމުރުން 44 އަހަރުގެ ފިރިހެއްގެ މައްޗަށެވެ. އެމް. ގައްދާފީ އަކާއުއްދީން ނަމަކަށް ކިޔާ މި މީހާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ އިއްޔެގެ މިދިޔަ ހޯމަ ދުވަހުގައެވެ.

އަކާއުއްދީން ޚަތިމް، މިސްކިތުގެ ތަޅުންމައްޗަށް އެއްލައިލީ، އޮށޯވެ އޮވެ ޤުރުއާން ކިޔަވަނިކޮށް، އެކަން އެގޮތަށް ނުކުރުމަށް މިސްކިތުގެ ތެރެއިން މީހަކު އެދުމުން އެކަމާ އައި ރުޅީގައެވެ. އެ ހާދިސާ އަކީ މި އަހަރުގެ މާރިޗް މަހުގެ 25 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް