އަނބިމީހާގެ ކަންތައް މާ ބޮޑުކަމަށްބުނެ "މޯބައިލް ޓަވަރަކަށް" އަރާ، ނުފައިބާން ބޮޑާ ހާކައިފި

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ރައްޔިތަކު، އޭނާގެ އަނބިމީހާގެ ކަންތައް ހައްދުން ނައްޓައިފިކަމަށްބުނެ "މޯބައިލް ޓަވަރަކަށް" އަރާ ނުފައިބާން ބޮޑާ ހާކައިފިއެވެ. ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަ...

30 Sep 2020 | 00:45

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ރައްޔިތަކު، އޭނާގެ އަނބިމީހާގެ ކަންތައް ހައްދުން ނައްޓައިފިކަމަށްބުނެ "މޯބައިލް ޓަވަރަކަށް" އަރާ ނުފައިބާން ބޮޑާ ހާކައިފިއެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިކަން މިގޮތަށް ކޮށްފައިވަނީ ތޭޖްޕާލް ސިންގް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ނިސްބަތްވާ މޮރާދާބާދުގެ މޯބައިލް ޓަވަރަށް ގޮސް އެރީ އަނބިމީހާއާއި ޒުވާބު ކުރުމަށްފަހު ކަމަށް ބުނެފައިއެވެ. އަދި އޭނާއާ ހަވާލާދީ ބުނެފައިވާގޮތުގައި އޭނާގެ އަންހެނުން އަންނަނީ އޭނާގެ ބޮލުގައި ދޮގު އިލްޒާމުތަކެއް އަޅުވަމުންނެވެ. އޭނާ ބޭނުންވަނީ އަނބިމީހާގެ ކައިރިން ސަލާމަތް ވުމަށެވެ.

އެންމެފަހުން ތޭޖްޕާލް، އެ މޯބައިލް ޓަވަރުން ފޭބީ އޭނާއަށް އިންސާފު ހޯދައިދޭނެކަމަށް ފުލުހުން ބުނުމުން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް