އެމެރިކާގެ ސުޕަރ މޮޑެލް އަނާ ޗެރީވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
ޕްލޭ ބޯއި މޮޑެލް އަދި ފިޓްނަސް އިންސްޓްރަކްޓަރ އަނާ ޗެރީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮކޯޕާމް ދުނިކޮޅު ރިސޯޓުގައެވެ. އަނާ އަންނަނީ އޭނާގެ ޗުއްޓީގެ ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކުރަމުންނެވެ.
އަނާ ޗެރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ބޮލީވުޑްގެ ދެ ބަތަލާއިން ކަމުގައިވާ މަންދިރާ ބޭދީ އަދި މޯނީ ރޯއީވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ރާއްޖެއަކީ ބޮލީވުޑް އަދި ހޮލީވުޑް ތަރިންގެ މެދުގައިވެސް މަގްބޫލު ޗުއްޓީ ޑެސްޓިނޭޝަނެކެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހުއްޓުމެއް އައިސްފައިވެއެވެ. އެހެންނަމަވެސް ޖުލައިގައި ބޯޑަރު ހުޅުވުމާއެކު ފަތުރުވެރިކަމުގެ ޝިނާއަތް އަންނަނީ އަލުން ރަނގަޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް