ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ކުވޭތުގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
އުމުރުފުޅުން 91 އަހަރުގެ ޝައިހް ސަބާހު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ.
ޝައިހް ސަބާހު ވަނީ ކުވެއިތުގެ ހާރިޖީ ވަޒީރުކަން ގާތްގަނޑަކަށް 40 އަހަރު ވަންދެން ފުރުއްވާފައެވެ. ކުވެއިތުގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ސަބާހު އެގައުމުގެ އަމީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.
ޝައިހް ސަބާހުގެ އަމީރު ކަމުގައި ވަނީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައެވެ.
ޝައިހް ސަބާހު އަވަހާރަވުމާ ގުޅިގެން އެ މަގާމު ދެން ފުރުއްވާނީ މީގެ ކުރިން ކުވެއިތުގެ އިސް މަޤާމުތަކެއް ވެސް ފުރުއްވަވާފައިވާ އެގައުމުގެ ވަލީ އަހުދު ޝައިހް ނަވާފް އަލް ސަބާހު އެވެ. ނަވާފްގެ މިހާރު އުމުރުފުޅަކީ 83 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް