މިއަދު ރާއްޖެ އިން ޕޮޒިޓިވްވީ 89 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑް-19 އަށް 89 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މި...

30 Aug 2020 | 17:31

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑް-19 އަށް 89 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 88 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އެހެން މީހަކީ އަތޮޅުތެރޭގެ ރަށކުން ޕޮޒިޓިވްވެފައިވާ މީހެކެވެ.

އެހެންކަމުން މިއަދަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުން މީހުން ކޯވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 63 ދިވެހިން ހިމެނެއެވެ. ދެން ފައްސިވީ ބަންގްލަދޭޝްގެ 20 މީހުންނާއި އިންޑިއާގެ ފަސް މީިހުންނާއި ސްރީލަންކާ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 7,667 އަރާފައެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 111 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 4536 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2597 މީހުންނެވެ. ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 181 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް