ކަރެކްޝަންސް ބެލުމުގެ ދަށުގައި ތިބި ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވް

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ހަތް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ހުޅުމާލޭ ޑިޓެންޝަން ސ...

30 Aug 2020 | 17:11

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ހަތް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ވަގުތީ ގޮތުން ބައިތިއްބާފައިވާ ފަސް ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ހުރި ހަތް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އެމީހުންގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން ހުޅުމާލެ ޖަލުގެ 41 ގައިދީއެއްގެ ސާމްޕަލް ނަގާފައިވާ އިރު، އޭގެ ތެރެއިން 19 ގައިދީއަކު ކޮވިޑަށް ނެގެޓިވް ކަމަށާއި 15 ގައިދީއެއްގެ ނަތީޖާ ނުލިބިވާ ކަމަށެވެ. އަދި ބަންދުގައި ތިބި 41 ބިދޭސީންގެ ތެރެއިން 19 މީހަކު ކޮވިޑަށް ނެގެޓިވްވެފައިވާ އިރު، 10 މީހެއްގެ ނަތީޖާ ނުލިބިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

https://twitter.com/CorrectionsMv/status/1300033730321371138?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1300033730321371138%7Ctwgr%5E&ref_url=https%3A%2F%2Fmihaaru.com%2Fnews%2F79573

މީގެ އިތުރުން ހުޅުމާލެ ޖަލާއި ހުޅުމާލެ ޑިޓެސްޝަން ސެންޓަރުން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ހާމަކޮށް ކަރެކްޝަންސް އިން ބުނެފައިވަނީ 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނެގިއިރު އެ އެންމެންގެ ނަތީޖާ ވެސް ނެގެޓިވް ކަމަށެވެ.

ކަރެލްޝަންސް އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް ވަދެފައިވަނީ އެތަނަށް އަލަށް ގެންގޮސްފައިވާ ބިދޭސީންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް