އެސްޓީއޯއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 58 ރުފިޔާ ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ. ހިއްސާއ...

30 Aug 2020 | 17:01

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 58 ރުފިޔާ ބަހަން އެ ކުންފުނީ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

ހިއްސާއަކަށް 58 ރުފިޔާ ބަހަން އެސްޓީއޯއިން ފާސްކުރީ، މައިކްރޮސޮޕްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް މިހާރު ކުރިއަށްގެންދާ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

އެ ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވާ އިރު، ޕްރޮކްސީގެ ގޮތުގައި 41 ހިއްސާދާރުން ބައިވެރިވެފައިވެއެވެ.

ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 52 ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.

އެސްޓީއޯއަށް 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 303 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ އެ ކުންފުނީގެ ތާރީހުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއް އަހަރެވެ.

މިއަދު ޖަލްސާގައި އެ ކުންފުނި އޮޑިޓް ކުރަން ޕްރައިސް ވޯޓާ ހައުސް ކޫޕާސް އައްޔަން ކުރަން ވަނީ ނިންމާފައެވެ. އަދި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލް ކުރަން، ހ. މޮސްކޯގެ، އައިމިނަތު ރުޝްމާ އައްޔަން ކުރަން ފާސްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް